ޞިރާޠުމަގު – 4

ކާފިރުން ފިޔަވާ އެހެން އެންމެންވެސް ޞިރާޠުމަގު ހުރަސްކުރަން ޖެހޭނެއެވެ. މީސްތަކުން ޞިރާޠުމަގަށް ގެންދެވުމުގެ ކުރިން ކާފިރުން ނަރަކައަށް ވެއްދޭނެއެވެ. މުސްލިމުންގެ ތެރެއިން މުރުތައްދުވީ މީހުންވެސް ކާފިރުންނާއެކު ނަރަކައަށް ވެއްދޭނެއެވެ.