އުފަންވާ ކުއްޖާގެ ޙުކުމްތަކާ ގުޅޭ 43 ފައިދާ – 13

އެއްވެސް އެއްޗެއް ނުކައި ހަމައެކަނި ގާތުންދޭ ތުއްތު ފިރިހެން ކުއްޖާގެ ކުޑަކަމުދާ އެއްޗެހީގެ (ޙުކުމް) ޝަރީޢަތުގައި ލުއިކުރައްވާފައިވެއެވެ. އެ ކުއްޖާ ކުޑަކަމުދިޔަ ތަނަށް ފެންފޮދެއް ވިއްސައިލުމުން ފުދޭނެއެވެ.