ޝިޔަޢީންގެ ޙަޤީޤަތް (3)

ލުޣަވީގޮތުން “ޝިޔަޢީން” ގެ ޙަޤީގަތް: “الشِّيعَةُ” މިލަފްޒަކީ ޢަރަބި ލަފްޒެކެވެ. މިލަފްޒުގެ އަސްލަކީ “المُشَايَعَةُ” އެވެ. މިލަފްޒުގެ ގިނަ ގޮތުގެ ތެރޭގައި “شِيَعٌ” އަދި “أَشْيَاعٌ” ހިމެނެއެވެ. ކީރިތި ޤުރުއާނުގެ ބާރަ އާޔަތެއްގައި މިލަފްޒު އޭގެ ލުޣަވީ އެކިއެކި ހަމަތަކުގައި، އެކިއެކި މާނަތަކުގައި ވާރިދުވެފައިވެއެވެ. އެފަދަ ބައެއް އާޔަތްތަކަށް ރުޖޫޢަވެ އޭގެ މާނައާއިމެދު ވިސްނުން ހިންގާލުމަކީ ލަފްޒުގެ މާނަ ދޭހަވުމަށް ފަސޭހަވާނެކަމެކެވެ. ﴿إِنَّ الَّذِينَ فَرَّقُوا دِينَهُمْ وَكَانُوا شِيَعًا لَّسْتَ مِنْهُمْ فِي شَيْءٍ﴾ سورة […]