ޝިޔަޢީންގެ ޙަޤީޤަތް (4)

އިސްލާމީ ތާރީޚުގައި “الشِّيعَةُ” މިލަފްޒު ބޭނުންކުރެވެމުން އައިގޮތަށް ބަލާއިރު ތާރީޚުން ހެކިދެނީ ވަކި ޢަޤީދާއަކަށް ނުވަތަ ވަކި ސިޔާސީ ފިކުރަކަށް ނިސްބަތްނުވާގޮތަށް ލަފްޒުގެ ލުޣަވީ މާނައިގައި ބޭނުންކުރެވެމުންއައިކަމެވެ. ޢަލީގެފާނާއި މުޢަވިޔާގެފާނާއި ދެމެދު އުފެދުނު ޚިލާފުތަކުގެ ތެރޭގައި މިލަފްޒު އެދެބޭކަލުންނަށް ތަބާވެގެންތިބި މީހުންނަށްވެސް ނިސްބަތްކުރެވިފައިވެއެވެ. މިގޮތުން އެވެނިބަޔަކީ ޢަލީގެފާނުގެ ޝިޔަޢީންނޭ، އަދި މިވެނި ބަޔަކީ މުޢާވިޔާގެފާނުގެ ޝިޔަޢީންނޭ އެޒަމާނުގައި ބުނެއުޅުނެވެ. އެފަދައިން އެޒަމާނުގައި މިލަފްޒު ބޭނުންކުރެވުނީ އެލަފްޒުގެ ލުޣަވީ މާނައިގައި ހިމެނޭ “ތަބާވުން” މިމާނައިގައެވެ. އެހެންކަމުން ލަފްޒުގެ ތާރީޚަށް […]