ޝިޔަޢީންގެ ޙަޤީޤަތް (5)

“އައްޝީޢާ” މިލަފްޒުގެ މަހުފޫމުގެ މަރުޙަލާތައް: “އައްޝީޢާ” މިލަފްޒު އެންމެ ފުރަތަމަ ބޭނުންކުރެވެމުން އައީ އޭގެ ލަފްޒީ މާނަތަކުގައެވެ. މިގޮތުން ކީރިތި ޤުރުއާނުގައިވެސް މިލަފްޒު އޭގެ ލުޣަވީ އެކިއެކި މާނަތަކުގައި ވާރިދުވެގެން އައިސްފައިވެއެވެ. މިމަރުޙަލާއަށް ފަހުގައި އިސްލާމީ ތާރީޚުން ދެންފެނިގެންދިޔައީ “އައްޝީޢާ” މިލަފްޒު ވަކި ފިކުރެއްގެ ބަޔަކަށް ނިސްބަތްކުރެވި ބޭނުންކުރަންފެށުނު މަރުޙަލާއެވެ. އެއީ ޢަލީގެފާނުގެ ޚިލާފަތުގައި ހިނގައިދިޔަ ފިތުނައިގެ ތެރޭގައި، ލަފްޒުގެ ލުޣަވީ މާނަތައްކަމުގައިވާ ނަސްރުދިނުމާއި ތަބާވުމާއި އެހީތެރިވުމުގެ މާނައިގައި ވަކިބަޔަކަށް ނިސްބަތްކޮށް ބޭނުންކުރެވެން ފެށުމެވެ. […]