ޝިޔަޢީންގެ ޙަޤީޤަތް (6)

ޝިޔަޢީންނަށް ދެވިގެންވާ ނަންތަކާއި ލަޤަބުތަކާއި އެބައިމީހުންގެ ފިރުޤާތައް: އައްޝީޢާ: މިނަމަކީ އެބައިމީހުންނަށް ދެވިގެންވާ ނަންތަކުގެ ތެރެއިން އެންމެ މަޝްހޫރު ނަމެވެ. އަދި މިނަމަކީ ޝިޔަޢީންގެ ހުރިހައި ފިރުޤާއެއްވެސް ޝާމިލުވާ ނަމެކެވެ. އައްރާފިޟާ: މިނަމަކީވެސް ހުރިހާ ޝިޔަޢީންނަށް ނިސްބަތްވާގޮތަށް ބައެއް ޢިލްމުވެރިން ބޭނުންކުރާ ނަމެކެވެ. މިނަމުން ނަންދެވެނީ އެބައިމީހުން އަބޫބަކުރުގެފާނާއި ޢުމަރުގެފާނުގެ ޚިލާފަތު ޤަބޫލުނުކޮށް އިންކާރުކުރާތީއޭ ބުނެވެއެވެ. ނުވަތަ އެބައިމީހުންގެ އިމާމެއްކަމުގައިދެކޭ އިމާމް ޒައިދު ބުން ޢަލީގެފާނު އަބޫބަކުރުގެފާނާއި ޢުމަރުގެފާނުގެ މައްޗަށް ރުއްސުންލެއްވުން އެދި ދުޢާކުރެއްވުމުން އެކަމަށް އެބައިމީހުން […]