[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޝިޔަޢީންގެ ޙަޤީޤަތް (6)

ޝިޔަޢީންނަށް ދެވިގެންވާ ނަންތަކާއި ލަޤަބުތަކާއި އެބައިމީހުންގެ ފިރުޤާތައް:

  • އައްޝީޢާ:

މިނަމަކީ އެބައިމީހުންނަށް ދެވިގެންވާ ނަންތަކުގެ ތެރެއިން އެންމެ މަޝްހޫރު ނަމެވެ. އަދި މިނަމަކީ ޝިޔަޢީންގެ ހުރިހައި ފިރުޤާއެއްވެސް ޝާމިލުވާ ނަމެކެވެ.

  • އައްރާފިޟާ:

މިނަމަކީވެސް ހުރިހާ ޝިޔަޢީންނަށް ނިސްބަތްވާގޮތަށް ބައެއް ޢިލްމުވެރިން ބޭނުންކުރާ ނަމެކެވެ. މިނަމުން ނަންދެވެނީ އެބައިމީހުން އަބޫބަކުރުގެފާނާއި ޢުމަރުގެފާނުގެ ޚިލާފަތު ޤަބޫލުނުކޮށް އިންކާރުކުރާތީއޭ ބުނެވެއެވެ. ނުވަތަ އެބައިމީހުންގެ އިމާމެއްކަމުގައިދެކޭ އިމާމް ޒައިދު ބުން ޢަލީގެފާނު އަބޫބަކުރުގެފާނާއި ޢުމަރުގެފާނުގެ މައްޗަށް ރުއްސުންލެއްވުން އެދި ދުޢާކުރެއްވުމުން އެކަމަށް އެބައިމީހުން އިންކާރުކުރާތީއޭވެސް ބުނެވެއެވެ.

  • އައްޒައިދިއްޔާ:

މިނަމަކީ ޝިޔަޢީންގެ ތެރެއިން ވަކި ޖަމާޢަތަކަށް ކިޔޭ ނަމެކެވެ. ޝިޔަޢީންގެ އެހެނިހެން ޖަމާޢަތްތަކާއި މިބައިމީހުންނާއި މެދުގައި ޢަޤީދާގެ ބޮޑެތި ޚިލާފުތަކެއް ހުރެއެވެ. އެހެންކަމުން ޢާންމުކޮށް ޝިޔަޢީންނަށް ޒައިދީންނޭ ކިޔުމަކީ ރަނގަޅު ނިސްބަތްކުރުމެއް ނޫނެވެ. ޒައިދީންނަކީ ޝިޔަޢީންގެ ތެރެއިން އަހުލުއްސުންނާ ވަލްޖަމާޢަތުގެ ޢަޤީދާއާއި އެންމެ ގާތް ފިކުރުގެ ޖަމާޢަތެވެ.

  • އަލްއިމާމިއްޔާ (އަލްއިޘްނާ ޢަޝަރިއްޔާ):

ޝިޔަޢީންނަށް މިނަމުން ނަންދެވޭ ސބަބަކީ އެބައިމީހުންގެ ބާރަ އިމާމުންވާކަމަށާއި، އެއިމާމުންނަކީ މަޢުޞޫމު ބައެއްކަމަށް ޤަބޫލުކުރާކުރުމަށް ނިސްބަތްކޮށެވެ.

  • އަލްއިސްމާޢީލިއްޔާ:

މިއީ إسماعيل بن جعفر الصادق ނިސްބަތްކޮށް ނަންދެވިގެންވާ ބައެކެވެ. މިބަޔަށް ނިސްބަތްވާ ނުޞައިރީ ޢަލަވީންނަކީ ސޫރިޔާގައި ގިނައަދަދަކަށް އުޅޭ ބައެކެވެ.

  • އަލްޖަޢުފަރިއްޔާ:

މިނަމަކީ އެބައިމީހުންގެ ހަވަނަ އިމާމުކަމުގައި ދެކޭ جعفر الصادق އަށް ނިސްބަތްކޮށް ދެވޭނަމެކެވެ.

  • އަލްޤަރާމިޠާ، އަލްއާޣާޚާނިއްޔާ، އައްނިޒާރިއްޔާ، އަލްބަހަރާ، އައްސުލައިމާނިއްޔާ، އައްދުރޫޒް، އަލްޖާރޫދިއްޔާ، އަލްބަހާހިއްޔާ، އަލްބާބިއްޔާ، އަލްފާޠިމިއްޔާ މިއީ މުޅިންވެސް ޝިޔަޢީ ފިކުރުތައް ޤަބޫލުކުރާ ޖަމާޢަތްތަކެވެ.

މަޢުލޫމާތުގެ މަޞްދަރުތައް:

فرق معاصرة تنتسب إلى الإسلام وبيان موقف الإسلام منها – د. غالب بن علي عواجي

أصول مذهب الشيعة الإمامية الإثني عشرية – ناصر بن عبد الله بن علي القفاري

– ނުނިމޭ-