މުސްލިމުންގެ ޙަޟާރަތާއި ޘަޤާފަތަށް މިއަދު ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި އެކަމުގެ ޙައްލު 4
އިސްލާމީ ޙަޟާރަތާއި ޘަޤާފަތްތައް ކުރިއަރައިގެން ދިޔަ މިންވަރާ އަދުގެ ޙާލަތު އިސްލާމީ ޙަޟާރަތް ކުރިއަރައި ގޮސްފައިވަނީ ކީރިތި ޤުރުއާނާއި ސުންނަތަށް ޢަމަލުކުރުމުންނެވެ. އިސްލާމީ ޙަޟާރާތް އަދި ޘަޤާފަތް ނައްތާލަން އުޅޭ މީހުންނަށް ދެނެގަނެވުނީ މުސްލިމުންގެ ކާމިޔާބީގެ ސިއްރަކީ ފިކުރީ އަދި ޢިލްމީ ގޮތުން ހޯދާފައިވާ ކުރިއެރުންތަކެވެ. އެކަމަށް ހެކިދޭކަމަކީ ހުޅަނގުގެ ޤައުމުތަކުން އިސްލާމުންގެ ކިބައިން ޢިލްމު އަދި ހުނަރު ދަސްކުރުމެވެ. އަދި އަންދަލުސްފަދަ ރަށްތަކަށް ޔޫރަޕުގެ އެހެން ރަށްތަކުން އެބައިމީހުންގެ ދަރިން ތަޢުލީމު ޙާޞިލުކުރަން ފޮނުވުމެވެ. […]