[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މުސްލިމުންގެ ޙަޟާރަތާއި ޘަޤާފަތަށް މިއަދު ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި އެކަމުގެ ޙައްލު 4

އިސްލާމީ ޙަޟާރަތާއި ޘަޤާފަތްތައް ކުރިއަރައިގެން ދިޔަ މިންވަރާ އަދުގެ ޙާލަތު

 

އިސްލާމީ ޙަޟާރަތް ކުރިއަރައި ގޮސްފައިވަނީ ކީރިތި ޤުރުއާނާއި ސުންނަތަށް ޢަމަލުކުރުމުންނެވެ. އިސްލާމީ ޙަޟާރާތް އަދި ޘަޤާފަތް ނައްތާލަން އުޅޭ މީހުންނަށް ދެނެގަނެވުނީ މުސްލިމުންގެ ކާމިޔާބީގެ ސިއްރަކީ ފިކުރީ އަދި ޢިލްމީ ގޮތުން ހޯދާފައިވާ ކުރިއެރުންތަކެވެ. އެކަމަށް ހެކިދޭކަމަކީ ހުޅަނގުގެ ޤައުމުތަކުން އިސްލާމުންގެ ކިބައިން ޢިލްމު އަދި ހުނަރު ދަސްކުރުމެވެ. އަދި އަންދަލުސްފަދަ ރަށްތަކަށް ޔޫރަޕުގެ އެހެން ރަށްތަކުން އެބައިމީހުންގެ ދަރިން ތަޢުލީމު ޙާޞިލުކުރަން ފޮނުވުމެވެ.

އަދުގެ ދުނިޔެއަށް ނަޒަރު ހިންގާލާއިރު، ފުރަތަމަ ބޮޑު ހަނގުރާމައާއި ދެވަނަ ބޮޑު ހަނގުރާމައާއި އިސްތިޢުމާރުގެ ދުވަސްވަރުގައި، އިސްލާމީ ދުނިޔެއަށްވަނީ ހީނަރުކަމެއް ކުރިމަތިވެފައެވެ. އެހެނަސް އެއިން އަަރައިގަނެ އަނެއްކާވެސް މިދުވަސްވަރުގައި މުސްލިމުން ވަނީ ކުރިއަރަން ފަށާފައެވެ. އިސްލާމީ އެތައް ޔުނިވަސިޓީތަކެއްވަނީ މިހާރު ފިޔަޖަހަން ފަށާފައެވެ. އިސްލާމީ ޙަޟާރާތް ކޮޅަށް ޖަހަން މުސްލިމުން ވަރަށް މަސައްކަތް ކުރެއެވެ. މީސްތަކުންނަށް ދީނުގެ ޞައްޙަ މަޢުލޫމާތު ފޯރުކޮށްދީ އެތައްބަޔަކަށް އިސްލާމް ދީނަށް ދަޢުވަތު ދިނުމަށްޓަކައި، އެތައް ދާޢީންނެއް ދަނީ ބުރަ މަސައްކަތް ކުރައްވަމުންނެވެ.

މިޒަމާނުގައި އިސްލާމީ ޙަޟާރާތް ކުރިއަރާފައިވާ މިންވަރަކީ ދުނިޔޭގެ އެތައްމިތަނަށް ބަލައިލި ކަމުގައިވިއަސް، އެކި ޢިލްމު ކިޔަވައިދޭ އެތައް ޔުނިވަސިޓީތަކެއް ހުރުމެވެ. އެތަންތަނަށް މިސްރާބު ޖަހާ ދަރިވަރުންވަނީ އިތުރުވެފައެވެ. ޢަރަބި މުސްލިމުންގެ ސަބަބުން މިޒަމާނުގެ ސައިންސު ދުނިޔެ ތަރައްޤީވާން ފަށައިފިއެވެ.

އިސްލާމްދީނަކީ ދުނިޔެއަށް އިންޤިލާބު ގެނުވި ދީނެވެ. އިސްލާމީ ޙަޟާރާތް ދިރާސާކޮށްލުމުން ފެންނަނީ އެކިއެކި ކަންކަން ދިރާސާކުރަން އިސްލާމީ ދުނިޔޭގައި މަރުކަޒުތައް ހުޅުވެމުން ދާތަނެވެ. ޒަމާނީ ޢިލްމުތައްވެސް ދަނީ އިސްލާމް ދީނާއި އެއްގޮތަށް ބައްޓަންކުރެވެމުންނެވެ.

އިސްލާމީ ޘަޤާފަތުގެ މަތީގައި ތިބެ އެކިއެކި ޢިލްމީ ދިރާސާތަކާއި އީޖާދުތަށް ކުރުމަކީ އިސްލާމީ ޙަޟާރާތް ކޮޅަށް ޖެހުމަށްޓަކައި ކުރުން ވަރަށް މުހިއްމުކަމެކެވެ. ޣައިރު ދީންތަކުގެ މީހުންވެސްވަނީ މުސްލިމުން އެކިއެކި ކަންކަމުގައި ހޯދަމުންއަންނަ ކުރިއެރުންތަކަށާއި، ޘާބިތު ހިފޭ ގޮތަށް ކަންކަން ކުރާތަންފެނި އިސްލާމް ވަމުންނެވެ.

ދުނިޔެއަށް ނަޒަރު ހިންގާލާނަމަ އިސްލާމިކް ރިސާޗް ސެންޓަރުތައް ފެނެއެވެ. އެގޮތުން ސަޢޫދީ ޢަރަބިއްޔާގައި ހުންނަ  އިސްލާމިކް ރިސާޗް އެންޑް ޓްރޭނިންގ އިންސިޓިއިޓް، އުރުދުންގެ އިނާޔާ އިސްލާމިކް ފައިނޭންސް ރިސާޗް އިންސްޓިއުޓް، މެލޭޝިޔާގެ އިންޓަރނޭޝްނަލް ޝަރީޢާ ރިސާޗް އެކަޑަމީ ފޯރ އިސްލާމިކް ފައިނޭންސް ފާހަގަކޮށްލެވެއެވެ. ކޮންމެ ދާއިރާއަކުން ބަލައިލިއަސް ފެނިގެންދަނީ އިސްލާމީ ޙަޟާރާތް ކުރިއަރައިގެން ގޮސްފައިވާ މިންވަރެވެ. މިހުރިހާ ދާއިރާއަކުންވެސް ކުރިއަރަމުން މިދަނީ ޢިލްމާ ވަރަށް ބޮޑަށް ގުޅިގެންނެވެ. ޖޯގްރަފީ ދާއިރާ، ޙިސާބު ދާއިރާ، ސައިންސްގެ ދާއިރާތައް، ބޭސްވެރިކަންފަދަ އެތައް ޢިލްމެކެވެ.

 

= ނުނިމޭ =

މިލިޔުމުގެ އެހެންބައިތައް