ދީނީ ހައްދުފަހަނައެޅުމުގެ ތާރީޙު – 2

ހައްދުފަހަނައަޅާފައިވާ މިބައިގަނޑު ފާޅުވުމާއި ދާދި އެކީގައިހެން އިސްލާމީ އުންމަތުގެ ތެރޭގައި ހައްދުފަހަނައެޅި އެހެން ޖަމާޢަތެއްވެސް ވުޖޫދަށްއައެވެ. އެއީ މާތް ނަބިއްޔާ ﷺ ގެ އާލު ބައިތުންނަށް ނަޞްރު ދިނުމުގެ ނަމުގައި ފާޅުވި ޝިޔަޢީ ޖަމާޢަތެވެ. މިބައިގަނޑުވެސް ވަނީ މާތް ވެގެންވާ އިސްލާމް ދީނުގެ އެތަކެއް އުސޫލުތަކެއް މުގުރާލައި އިންތަކުން ބޭރުވެގެން ގޮސްފައެވެ. މިބައިގަނޑު ތެރޭގައި ހައްދުފަހަނައެޅުން އޮތް މިންވަރަކީ މީގެ ތެރެއިން ބައެއް މީހުން ރަސޫލަކީ އަދި އިލާހަކީ ވެސް ޢަލީގެފާނު ކަމަށް ދަޢުވާކުރާ ދަރަޖައަށް ދިއުމެވެ.