އިސްލާމީ ޢަޤީދާގެ އަސާސްތައް – (3)

މިފިލާވަޅުގައި އަލިއަޅުވާލާނީ އިސްލާމްދީނުގެ މަޢުލޫމާތު ލިބި، އެޔާއި އެއްގޮތަށް ޢަމަލުކުރުމަށްފަހު، އިސްލާމްދީނަށް ގޮވާލައި، ދަޢުވަތު ދިނުމުގެ މައްޗަށެވެ.
ފޮތް: އީމާންކަމުގެ ރުކުންތަކުގެ ތެރެއިން މަލާއިކަތުންނަށް އީމާންވުން

މަލާއިކަތުންނަކީ އަޅުގަނޑުމެންނަށް ނުފެންނަ، އިންސާނުންގެ ލޯތަކަށް ޣައިބުވެފައިވާ ބަޔަކަށްވާ ހިނދު، އެބޭކަލުންނަކީ ވުޖޫދުގައިވާ ބައެއްކަން އަޅުގަނޑުމެންނަށް އެނގޭނެ ހަމައެކަނި ގޮތަކީ ކީރިތި ޤުރްއާނާއި މާތް ނަބިއްޔާ صلى الله عليه وسلمގެ މަތިވެރި ބަސްފުޅުތަކެވެ.