[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

قتل އަދި އޭގެ ވައްތަރުތައް ނަންގަނެވުނު باب – 8

މިގޮތަށް كافرއެއް ކަމަށް ހީކޮށް مسلمއަކު قتلކުރުމުން ديةދިނުން واجبވެގެން ނުވާކަމުގައި مسلم علمވެރިންގެ ތެރޭގައި ޚިޔާލު ތަފާތުވެގެންވެއެވެ. ބައެއް علمވެރިން ދެކޭގޮތުގައި މަރުވި މީހާގެ ޢާއިލާއަކީ كافرންގެ ތެރެއިންވާ ބައެއްކަމުން އެމީހުނަށް މަރުގެ دية حقވެގެން ނުވާނެކަމަށެވެ. އަނެއްބައި علمވެރިން ދެކޭގޮތުގައި އިސްލާމްދީން قبولކޮށް، كافر ޤައުމަކުން هجرةނުކޮށް ތިބި مسلمންގެ ލޭ އެހެން مسلمންގެ ލެޔެކޭ އެއްދަރަޖައަށް މާތް ވެގެނެއް ނުވެއެވެ