މަޤާމާތުތަކަށް ކީރިތި ޤުރުއާން ކިޔެވުމުގެ ޙުކުމް – 3
ދެވަނަ ޙާލަތް: އުނގެނިގެން އަދި ތަމުރީނުކޮށްގެން މެނުވީ ޙާސިލު ނުކުރެވޭނޭ، މީހުން އުފައްދައިފައިވާ ރާގުތަކާއި މިއުޒިކީ ރިދަމުތަކެވެ. މިއީ ވަކި ގޮތަކަށް އަޑު ހިފަހައްޓައިގެން އަދި ވަކި މިންވަރަކަށް އަޑު ގެންގުޅެގެން މެނުވީ ޙާޞިލު ނުކުރެވޭނޭ ރާގުތަކެކެވެ. އެހެންކަމުން މި ހަމަތަކަށް ޤުރްއާން ކިޔެވުން ހުއްދަ ނުވާނެއެވެ.