ވަޙްދަތުލް ވުޖޫދުގެ ބާޠިލު ޢަޤީދާ

ބައެއް މީހުން ޤަބޫލުކުރާ ގޮތުގައި އަލްވުޖޫދަކީ ހަމައެކަނި ﷲ ސުބްޙާނަހޫ ވަތަޢާލާއަށް ލިބިވޮޑިގެންވާ ޞިފަފުޅެކެވެ. އަދި އެބައިމީހުން ޤަބޫލު ކުރާ ގޮތުގައި މަޚްލޫޤުން ވުޖޫދުގައިވުމަކީ އެއިލާހުގެ ވުޖޫދުގެ ތެރޭގައި ހިމެނިގެންވާ ކަމެކެވެ. މިއީ ބައެއް ބާޠިލު ފިރުޤާތަކުން ޤަބޫލުކުރާ ވަޙްދަތުލް ވުޖޫދުގެ ޢަޤީދާއެވެ.