ﷲ سبحانه وتعالى ގެ އިސްމުފުޅުތަކާއި ޞިފަފުޅުތަކުގައި ޞަޙާބީބޭކަލުންގެ މަންހަޖު

ﷲ سبحانه وتعالى ގެ އިސްމުފުޅުތަކާއި ޞިފަފުޅުތަކުގައި ޞަޙާބީބޭކަލުންގެ މަންހަޖަކީ ﷲ ތަޢާލާގެ ފޮތުގައި އެއިލާހުގެ ޛާތުފުޅު ސިފަކުރައްވާފައިވާ ގޮތަށް އެއިލާހަށް އީމާންވުމެވެ. އަދި އެއިލާހުގެ ރަސޫލާ މުޙައްމަދު ﷺ އެކަލޭގެފާނުގެ ސުންނަތުގައި އެއިލާހު ޞިފަކުރައްވާފައިވާ ގޮތަށް އެއިލާހަށް އީމާންވުމެވެ.