ޤަޟާގެ މާތްކަމާއި ޢަދުލުވެރިކަމާއެކު އެކަން އަދާކުރުމަށް ހިތްވަރު ދެއްވައިފައިވުން – 3
ޤަޟާގެ މަންޞިބާމެދު އައިސްފައިވާ ވަޢީދުގެ ޙަދީޘްތަކާއި އެފަދަ މަޤާމުތަކާމެދު މީސްތަކުން ބިރުވެތިކުރުވަނިވި މޭރުމުން އައިސްފައިވާ ޙަދީޘްތަކަކީ މި ދާއިރާއަށް ވަންނަ ޢަދުލުވެރިކަން ނެތް ޢިލްމުވެރީންނަށް، ނުވަތަ މި މަންޞިބަށް އަމިއްލައަށް ކުރިމަތިލާ ޢިލްމެއް ނެތް ޖާހިލުންނަށް އައިސްފައިވާ ވަޢީދުގެ ބަސްފުޅުތަކެކެވެ.