އިސްލާމީ ޢަޤީދާގެ އަސާސްތައް – (4)

އިސްލާމީ ޢަޤީދާއަކީ މުސްލިމުން ﷲ ތަޢާލާއަށް އީމާންވުމާއި މަލާއިކަތްބޭކަލުންނަށް އީމާންވުމާއި، ފޮަތްތަކަށް އީމާންވުމާއި، ރަސޫލުބޭކަލުންނަށް އީމާންވުމާއި، އާޚިރަތް ދުވަހަށް އީމާންވުމާއި، ހެޔޮމިންވަރާއި ނުބައިމިންވަރަށް އީމާންވުމާއި، މިކަންކަމާއި ގުޅުންހުރި ކީރިތި ޤުރުއާނާއި ސުންނަތުން ޘާބިތުވާ އެންމެހައި ކަންކަން ހިތުން ތެދުކޮށް ޔަޤީންކޮށް ޤަބޫލުކޮށް އީމާންވުމެވެ.