[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ސުވަރުގޭގެ ޝައުޤު – 1

ﷲ ތަޢާލާ އެއިލާހަށް ކިޔަމަންތެރިވާ، ޞާލިޙު ތަޤްވާވެރި އަޅުތަކުންނަށްޓަކައި ނިޢުމަތުގެ މަންޒިލެއް ތައްޔާރުކުރައްވާފައިވެއެވެ. އެއީ ﷲ ތަޢާލާ އެއްކައުވަންތަކުރާ، ﷲ އަށް ޝަރީކުނުކުރާ މުވައްޙިދުންގެ މަންޒިލެވެ. އެއީ ހެޔޮލަފާ ސާލިޙު ޢަމަލުތައްކޮށް، ތަޤްވާގެ ފޭރާމުން ޒީނަތްތެރިވާ އަޅުންގެ މަންޒިލެވެ. އެއީ ދުނިޔަވީ ތަކުލީފުތަކާއި، ބަލާއާއި މުސީބާތްތަކަށް ކެތްތެރިވާ، ކެތްތެރިންގެ މަންޒިލެވެ.