[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ސުވަރުގޭގެ ޝައުޤު – 1

މުޤައްދިމާ

الحمد للَّه الَّذي جعل جنَّات الفردوس لعباده المؤمنين نُزُلًا، ويسَّرهم للأعمال الصالحة الموصلة إليها، فلم يتخذوا سواها شُغُلًا، وسهَّل لهم طُرقها، فسلكوا السبيل الموصلة إليها ذُلُلًا، خلقها لهم قبل أن يخلقهم وأسكنهم إيَّاها قبل أن يُوجدهم، وحجبها بالمكاره، وأخرجهم إلى دار الامتحان، ليبلوهم أيُّهم أحسنُ عملًا.

وأشهدُ أن لا إلهَ إلَّا اللَّهُ وحدهُ لا شريكَ له، شهادةَ عبده وابن عبدِه وابن أمَتِه، ومن لا غنى به طرفة عينٍ عن فضله ورحمته، ولا مطمع له في الفوز بالجنَّة والنجاة من النَّار إلا بعفوه ومغفرته.

وأشهدُ أنَّ محمدًا عبدُه ورسوله، وأمينُه على وحيهِ، وخيرته من خَلْقِه، أرسله رحمةً للعالمين، وقدوةً للعاملين ومحجَّةً للسَّالكين، وحُجَّةً على العباد أجمعين، بعثه للإيمان به مناديًا، وإلى دار السَّلام داعيًا([1]).

 

ﷲ ތަޢާލާ އެއިލާހަށް ކިޔަމަންތެރިވާ، ޞާލިޙު ތަޤްވާވެރި އަޅުތަކުންނަށްޓަކައި ނިޢުމަތުގެ މަންޒިލެއް ތައްޔާރުކުރައްވާފައިވެއެވެ. އެއީ ﷲ ތަޢާލާ އެއްކައުވަންތަކުރާ، ﷲ އަށް ޝަރީކުނުކުރާ މުވައްޙިދުންގެ މަންޒިލެވެ. އެއީ ހެޔޮލަފާ ސާލިޙު ޢަމަލުތައްކޮށް، ތަޤްވާގެ ފޭރާމުން ޒީނަތްތެރިވާ އަޅުންގެ މަންޒިލެވެ. އެއީ ދުނިޔަވީ ތަކުލީފުތަކާއި، ބަލާއާއި މުސީބާތްތަކަށް ކެތްތެރިވާ، ކެތްތެރިންގެ މަންޒިލެވެ. އެމަންޒިލަކީ މެދުކެނޑުމެއް ނުވާ ނިޢުމަތްތަކުން ފުރިގެންވާ، އަބަދަށް ދާއިމަށް ދެމިތިބޭނޭ ﷲ ތަޢާލާގެ ޖަންނަތެވެ. އާދެ ސުވަރުގެއެވެ. ސުވަރުގޭގެ ފުރިހަމަކަމާއި، ސުވަރުގޭގެ ނިޢުމަތްތަކުގެ ފުރިހަމަކަން އެއީ އެއްވެސް ނަފްސަކަށް އެނގިގެންވާ ކަމެއް ނޫނެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ:

﴿ فَلَا تَعْلَمُ نَفْسٌ مَا أُخْفِيَ لَهُمْ مِنْ قُرَّةِ أَعْيُنٍ جَزَاءً بِمَا كَانُوا يَعْمَلُونَ ﴾([2])

މާނައީ: ފަހެ، އެއުރެންނަށްޓަކައި ފޮރުއްވާފައިވާ ލޮލުގެ ފިނިކަން (އެބަހީ: ލޮލަށް ފިނިކަންދެނިވި، ސުވަރުގޭގެ ނިޢުމަތްތައް) އެއްވެސް ނަފްސަކަށް ނޭނގޭނެތެވެ. (އެއީ) އެއުރެން ކޮށްއުޅުނު ޢަމަލުތަކުގެ ޖަޒާއެއް ކަމުގައެވެ.

އަބޫ ހުރައިހާ -رضي الله عنه- ގެ އަރިހުން ރިވާވެގެންވާ ޙަދީޘެއްގައިވެއެވެ.

قَالَ رَسُولُ اللَّهِ ﷺ: «قَالَ اللَّهُ: أَعْدَدْتُ لِعِبَادِي الصَّالِحِينَ مَا لَا عَيْنٌ رَأَتْ، وَلَا أُذُنٌ سَمِعَتْ، وَلَا خَطَرَ عَلَى قَلْبِ بَشَرٍ» ([3]).

މާނައީ: ނަބިއްޔާ ﷺ ޙަދީޘްކުރެއްވިއެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ: ތިމަން ރަސްކަލާނގެ ހެޔޮލަފާ ސާލިޙު އަޅުތަކުންނަށްޓަކައި ލޮލަކަށް ފެނިފައިނުވާ، އަދި ކަންފަތަކަށް އަޑުއިވިފައިނުވާ، އަދި އިންސާނެއްގެ ހިތަށް ތަސަވުރުކުރެވިފައިނުވާ މަތިވެރި ނިޢުމަތްތައް ތިމަންރަސްކަލާނގެ ތައްޔާރުކުރެއްވީމެވެ.

ﷲ ތަޢާލާގެ ނިޢުމަތުގެ ގޯތި ސުވަރުގެ ޙާސިލުވުމަކީ އަޅަކަށް ލިބޭނެ އެންމެ ބޮޑު ކާމިޔާބެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ:

﴿وَمَنْ يُطِعِ اللَّهَ وَرَسُولَهُ يُدْخِلْهُ جَنَّاتٍ تَجْرِي مِنْ تَحْتِهَا الْأَنْهَارُ خَالِدِينَ فِيهَا وَذَلِكَ الْفَوْزُ الْعَظِيمُ﴾([4])

މާނައީ: اللَّه އަށާއި، އެކަލާނގެ ރަސޫލާއަށް ކިޔަމަންތެރިވާ މީހާ، އެތާނގެ ދަށުން ފެންއާރުތައް ހިނގަހިނގާ ހުންނަ ސުވަރުގެތަކަށް ވައްދަވާނެތެވެ. އެތާނގައި، އެއުރެން ދެމިތިބެނިވި ގޮތުގައެވެ. ބޮޑުވެގެންވާ ކާމިޔާބު ލިބުމަކީ އެއީއެވެ.

އަދިވެސް ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ:

﴿لَا يَسْتَوِي أَصْحَابُ النَّارِ وَأَصْحَابُ الْجَنَّةِ أَصْحَابُ الْجَنَّةِ هُمُ الْفَائِزُونَ﴾([5])

މާނައީ: ނަރަކައިގެ އަހުލުވެރިންނާއި، ސުވަރުގޭގެ އަހުލުވެރިން ހަމަހަމައެއް ނުވާނެތެވެ. ސުވަރުގޭގެ އަހުލުވެރިންނީ، ހަމަ ކާމިޔާބު ލިބިގެންވާ މީހުންނެވެ.

ﷲ ތަޢާލާގެ ނިޢުމަތުގެ ގޯތި ސުވަރުގެއިން ލިބޭނެ އެންމެ ބޮޑު، އަދި އެންމެ ފުރިހަމަ ނިޢުމަތަކީ، އެނިޢުމަތުގެ ސަބަބުން ސުވަރުގޭގެ އެހެން ނިޢުމަތްތައް މަތިން ހަނދާންނެތޭނެހާ ފުރިހަމަ ނިޢުމަތެކެވެ. ނަބިއްޔާ ﷺ ޙަދީޘްކުރައްވާފައިވެއެވެ:

«إِذَا دَخَلَ أَهْلُ الْجَنَّةِ الْجَنَّةَ، قَالَ: يَقُولُ اللهُ تَبَارَكَ وَتَعَالَى: تُرِيدُونَ شَيْئًا أَزِيدُكُمْ؟ فَيَقُولُونَ: أَلَمْ ‌تُبَيِّضْ ‌وُجُوهَنَا؟ أَلَمْ تُدْخِلْنَا الْجَنَّةَ وَتُنَجِّنَا مِنَ النَّارِ؟ قَالَ: فَيُكْشَفُ الْحِجَابُ، فَمَا أُعْطُوا شَيْئًا أَحَبَّ إِلَيْهِمْ مِنَ النَّظَرِ إِلَى رَبِّهِمْ عَزَّ وَجَلَّ»([6]).

މާނައީ: ސުވަރުގޭގެ އަހުލުވެރިން ސުވަރުގެ ވަނުމުން ﷲ ތަޢާލާ ވަޙީކުރައްވާނެއެވެ: ތިޔަބައިމީހުންނަށް ކަމެއް އިތުރުކޮށްދެއްވަން އެދެމުތޯއެވެ؟ ފަހެ އެބައިމީހުން ބުނާނެއެވެ: އިބައިލާހު ތިމަންމެންގެ މޫނުތައް އަލިނުކުރައްވުތޯއެވެ؟ އިބައިލާހު ތިމަންމެން ސުވަރުގެ ވައްދަވާ، ނަރަކައިން ނަޖާ ނުކުރައްވަމުތޯއެވެ؟ ޙަދީޘްކުރެއްވިއެވެ: ފަހެ ޙިޖާބު ކަޝްފުކުރެވޭނެއެވެ. ފަހެ ﷲ ތަޢާލާގެ ވަޖުހުފުޅަށް ބެލުމަށްވުރެ ލޮބުވެތިކަންބޮޑު އެހެން ކަމެއް އެބައިމީހުންނަށް ދެއްވިގެންނުވެއެވެ”.

މިކަމަށް އިޝާރާތްކުރައްވާ ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ:

﴿وُجُوهٌ يَوْمَئِذٍ نَّاضِرَةٌ * إِلَىٰ رَبِّهَا نَاظِرَةٌ﴾‏([7])

މާނައީ: އެދުވަހުން މޫނުތަކެއް ރީތިވެ، އަލިވެގެންވެއެވެ. އެމޫނުތަކުގެ ވެރިރަސްކަލާނގެއަށް ބަލަބަލައި ތިބެއެވެ.

ސުވަރުގޭގެ ފުރިހަމަކަމާއި، ސުވަރުގޭގެ ނިޢުމަތްތަކުގެ ފުރިހަމަކަމުގެ ވާހަކަތައް އަޑުއިވުމުން، ސުވަރުގެ ހޯދުމުގެ ޝައުޤު ސާލިޙު އަޅުތަކުންގެ ހިތްތަކުގައި އުތުރިއަރައިގެންދާނެއެވެ. ސުވަރުގެ ހޯދުމަށްޓަކައި އަޅުކަންތަކުގައި އެބައިމީހުން ހީވާގިވާނެއެވެ. ސުވަރުގޭގެ ޝައުޤުގައި އިމްތިޙާނުތަކަށް އެބައިމީހުން ކެތްތެރިވާނެއެވެ. ސުވަރުގޭގެ އެދުމުގައި ޝައިތާނާއާއި ހަވާނަފްސުގެ އެދުންތަކާއި ދެކޮޅަށް ޖިހާދުކުރާނެއެވެ.

މާތް ޞަޙާބީ އަބޫ ރައިޙާނާ -رضي الله عنه- ޖިހާދުގެ މައިދާނުގައި އުޅުއްވުމަށްފަހު އެނބުރި އަހުލުންގެ ގާތަށް ވަޑައިގެންނެވިއެވެ. ގެއަށް ވަޑައިގެން ރޭގަނޑުގެ ކެއިން ބައްލަވައިގެން ވުޟޫކުރެއްވުމަށްފަހު ނަމާދުކުރައްވަން ފެއްޓެވިއެވެ. މިގޮތަށް ނަމާދުކުރެއްވުމުގައި ހުންނަވަނިކޮށް ފަތިސްނަމާދުގެ ބަންގި ގޮވާލެވުނެވެ. އެހިނދު އެކަލޭގެފާނުގެ އަނބިކަނބަލުން ވަޑައިގެން ޝަކުވާކުރެއްވިއެވެ. ކަލޭގެފާނު އެތައް ދުވަސްތަކެއް ވަންދެން ތިމަންކަމަނާއާއި ދުރުގައި ހުންނެވުމަށްފަހުގައި ވަޑައިގެންނެވި ރޭގައިވެސް ކަލޭގެފާނުގެ ކިބައިން ތިމަންކަމަނާއަށް ނަސީބެއް ލިބިވަޑައިނުގެންނެވިއެވެ. އެހިނދު އަބޫ ރައިޙާނާ ވިދާޅުވިއެވެ. އެއްގޮތަކަށް އެހެން ކަންތައް ކުރައްވާކަށް ޤަސްދުކުރެއްވީއެއް ނޫނެވެ. ތިމަންކަލޭގެފާނުގެ ހިތްޕުޅަށް ތިކަން އަރާވަޑައިނުގެންނެވީއެވެ. ތިމަންކަލޭގެފާނު ނަމާދުކުރެއްވި ހިނދު ކީރިތި ޤުރުއާނުގައި ﷲ ތަޢާލާ ބަޔާންކުރައްވާފައިވާ ސުވަރުގޭގެ ނިޢުމަތްތައް ހިތްޕުޅަށް އަރައި ހިތް ބެހިގެންދިޔައީއެވެ. ތިމަންކަލޭގެފާނަށް ހޭވެރިކަންވީ ބަންގީގެ އަޑަށެވެ([8]).

މިއީ ސުވަރުގޭގެ ވާހަކަތައް ބަޔާންވެގެންވާ އާޔަތްތަކެއް ކިޔެވި ހިނދު ޞަޙާބީބޭކަލަކަށް ކަންތައް ވެގެންދިޔަ ގޮތުގެ ނަމޫނާއެކެވެ.

 


 

([1]) حادي الأرواح إلى بلاد الأفراح – ابن القيم 1/3

([2]) سورة السجدة: 17

([3]) متفق عليه. صحيح البخاري 3072، صحيح مسلم 2824.

([4]) سورة النساء: 13

([5]) سورة الحشر: 20

([6]) صحيح مسلم 297-(181)

([7]) سورة القيامة: 22-23

([8])  كتاب الزهد – ابن المبارك، ص304