މުޙައްމަދު ބުން ޢަބްދުލްވައްހާބު رحمه الله ގެ ދަޢުވަތުގެ ކުރިން އިސްލާމީ އުންމަތުގެ ދީނީ ޙާލަތު

އެކަލޭގެފާނުގެ ދަޢުވަތު ބިނާވެފައި އޮތީ ޝިރުކާއި ކުފުރާއި ބިދުޢަތަކުގެ ނުބައިކަން މީސްތަކުންނަށް ބަޔާންކޮށްދީ، ކީރިތި ޤުރުއާނާއި ނަބިއްޔާ صلى الله عليه وسلم ގެ ޞައްޙަ ސުންނަތުގެ އަލީގައި މީސްތަކުންނަށް ތައުޙީދު (ﷲގެ އެއްކައުވަންތަކަން) އުނގަންނައިދުމުގެ މައްޗަށެވެ. ނަމަވެސް ކާފިރުންނާއި މުސްލިމުންގެ ތެރެއިންވެސް ބައެއް މީހުން އެކަލޭގެފާނުގެ ދަޢުވަތާ ދެކޮޅަށް ވާހަކަ ދައްކައެވެ. އެފަދަ މީހުން އެކަލޭގެފާނުގެ ދަޢުވަތަށް ތަބާވާ މީހުންނަށް “ވައްހާބީން” ނޭ ކިޔައެވެ.