ކުރެވޭ އަޅުކަންތައް ފާހަގަކުރުމަށްޓަކައި ތާވަލެއް ހެދުމަކީ ކޮންކަހަލަ ކަމެއް؟

މުސްލިމު އަޅާ ﷲ ތަޢާލާއަށް އަޅުކަން ކުރާނީ ކީރިތި ޤުރުއާނާއި ރަސޫލާ صلى الله عليه وسلم ގެ ސުންނަތުގައި ވާރިދުވެފައިވާ ގޮތަށް ތަބާވެގެންނެވެ. އަދި އޭނާއަށް ކުރެވުނީ ނުވަތަ ނުކުރެވެނީ ކޮންކަމެއްތޯ އެހެން މީހުންނަށް އެނގުމުގެ ޙާޖަތެއް ނެތެވެ.