ކުޑަކުދިންގެ ވާހަކަ: ހަރުފަ ކޮޓަރި

ހަވީރުގެ ހިތްގައިމު ވަގުތު މަންމައާއެކު ބުރެއް ޖަހާލުމަށްފަހު ޝެރިން، ގެއަށް އައިސް ވަނީ އުފަލުންނެވެ. ޝެރިންއަކީ މައިންބަފައިންގެ ބަސްއަހައިގެން ކިޔަމަންތެރިކަމާއެކު އުޅެމުން އަންނަ 12 އަހަރުގެ އަންހެން ކުއްޖެކެވެ. އެހެން ރޭތަކެކޭ އެއްގޮތަށް އިރުއޮއްސުމާއެކު ޝެރިން ނިދަން އޮށޯތީ އަވަހަށް ހޭލުމުގެ ނިޔަތުގައެވެ. އަބަދުވެސް އަވަހަށް ނިދަން އާދަވެފައިވާ ޝެރިންއަށް މިރޭވެސް ކުއްލިއަކަށް ހޭލެވުނީ އޭގެ ކުރީ ރޭ ވެސް ފެނުނު ހުވަފެން ފެނިގެނެވެ. ސިއްސައިގެން ގޮސް “މަންމާއޭ” ކިޔާ ރޯން ފެށިއެވެ. މުޅި މީހާ ދާހިއްލަން […]