އައްޝައިޚް މުޙައްމަދު ބުން ޞާލިޙުލް ޢުޘައިމީން رحمه الله – 1

އެއީ މުޅި ސަޢޫދީ ޢަރަބިއްޔާ ދަންނަ ބޭފުޅެކެވެ. އަދި ކިއެއް ހެއްޔެވެ! އެއީ މުޅި އިސްލާމީ އުންމަތް ދަންނަ ބޭފުޅެކެވެ. އެއީ (ޝަރުޢީ) ޢިލްމަށް ލޯބިކުރެއްވި އަދި އެ ޢިލްމު ފެތުރެއްވުމަށް އިންތިހާއަށް މަސައްކަތްޕުޅުކުރެއްވި ބޭފުޅެކެވެ.