ކަމަކަށް އެދި އަންނަމީހާ

މީހަކަށް ކަމެއް ކޮށްދެންޏާ އެމީހަކާ ދިމާއަށް ހަޅޭއް ނުލަވާ އެކަން ކޮށްދިނުމަކީ އެއީ ރަނގަޅު ގޮތެވެ. ފަހެ މީހަކާ ދިމާއަށް ހަޅޭއްލަވައި އެއްޗެހި ކިޔުމަށް ފަހު އެކަން ކޮށްދިނުމުން އެކަމުން ދެފަރާތަށްވެސް ލިބެންޖެހޭ ޙަޤީޤީ ހިތްހަމަ ޖެހުމާ އަދި އެކަން ކޮށްދިން މީހާއަށް ލިބޭ ޘަވާބު އުނިވެ ނުވަތަ ބާޠިލުވެގެން ދެއެވެ.