އިލްޙާދު: ﷲ ތަޢާލާ ވޮޑިގެންވާކަން އިންކާރުކުރުމުގެ ފިކުރު – 20

މީސްތަކުންނަށް އޮޅުވާލުމަށްޓަކައި މުލްޙިދުން ދައްކާ ވާހަކަތަކުގެ ތެރޭގައި: އިސްލާމްދީނުގައި ބުއްދިއާ ތަޢާރުޟުވާ، ދެކޮޅު ނުޖެހޭ ކަންތައްތަކެއް ހުންނަކަމުގައި އެބައިމީހުން ބުނެއެވެ. އަދި އެއަށް ބާރުދިނުމަށް އޮޅުން އަރާފަދަ ވާހަކަތަކެއްވެސް އެބައިމީހުން ދައްކައެވެ.