އައްޝައިޚް ފ. ޢަބްދުއްރަޙީމް – رحمه الله –

1969 ވަނަ އަހަރު ޝައިޚް މަދީނާއަށް ވަޑައިގެން މަދީނާގައި ހުންނަ އަލްޖާމިޢާ އަލްއިސްލާމިއްޔާގައި ޢަރަބި ބަސް ކިޔަވައިދެއްވަން ފެއްޓެވިއެވެ. އަދި ޝައިޚް ޢަރަބި ބަސް އުނގެނިވަޑައިގެންނެވުމަށް ކުރެއްވި ތަޖުރިބާތަކުގެ އަލީގައި، ޢަރަބި ބަހުން ވާހަކަ ނުދައްކާ މީހުންނަށް ޢަރަބި ބަސް ކިޔަވައިދޭނެ މުޤައްރަރެއް އެކުލަވާލެއްވިއެވެ.