[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އައްޝައިޚް ފ. ޢަބްދުއްރަޙީމް – رحمه الله –

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

 

ފުރިހަމަ ނަން: ފާންޔާމްބާދީ ޢަބްދުއްރަޙީމް (މަޝްހޫރުވެފައިވަނީ ފ. ޢަބްދުއްރަޙީމުގެ ނަމުން)

އުފަންވީ: ހިޖުރައިން 1356 ވަނަ އަހަރު، އިންޑިއާގައި

އަވަހާރަވީ: 04 ރަބީޢުލްއާޚިރު 1445 – 19 އޮކްޓޯބަރ 2023 ވީ ބުރާސްފަތި ދުވަހު، މަދީނަތުއް ނަބަވިއްޔާގައި

 

އައްޝައިޚް ފ. ޢަބްދުއްރަޙީމް އުފަންވީ އިންޑިއާގެ ޓެމިލްނާޑޫގެ ކުޑަ އަވަށެއްކަމުގައިވާ ފާންޔާމްބާދީގައެވެ. ސާނަވީ ތަޢުލީމު ފުރިހަމަކުރެއްވުމަށް ފަހު، ޝައިޚް ވަޑައިގެންނެވީ މެޑްރާސް ޔުނިވަރސިޓީއަށެވެ. އެތަނުގައި އިނގިރޭސި ބަހާއި އިނގިރޭސި ބަހުގެ އަދަބިއްޔާތު ކިޔަވާވިދާޅުވިއެވެ. މެޑްރާސް ޔުނިވަރސިޓީއިން ތަޚައްރުޖުވީ 1957 ވަނަ އަހަރުގައެވެ. އެއަށްފަހު، 1964 ވަނަ އަހަރު މިޞްރުގެ އަލްއަޒްހަރު ޔުނިވަސިޓީއަށް ވަޑައިގެންނެވިއެވެ. އެތަނުން މާސްޓާސް އަދި ޕީއެޗްޑީ ހެއްދެވިއެވެ. ޝައިޚުގެ މާސްޓާސްއާއި ޕީއެޗްޑީ ތަޚައްޞުޞަކީ ޢަރަބި ބަހެވެ. ޝައިޚް ކިޔަވާވިދާޅުވި ސުކޫލުގައި ކޮންމެވެސް ވަރަކަށް ޢަރަބި ބަސް ކިޔަވައިދެއެވެ. އަދި ސުކޫލުގައި އުޅުނު ދުވަސްވަރު ސުކޫލުގައި ކިޔަވައިދެއްވި އެއްޗެއްގެ އިތުރުން އަމިއްލައަށްވެސް ޢަރަބިބަސް އުނގެނިވަޑައިގެންނެވިއެވެ.

1969 ވަނަ އަހަރު ޝައިޚް މަދީނާއަށް ވަޑައިގެން މަދީނާގައި ހުންނަ އަލްޖާމިޢާ އަލްއިސްލާމިއްޔާގައި ޢަރަބި ބަސް ކިޔަވައިދެއްވަން ފެއްޓެވިއެވެ. އަދި ޝައިޚް ޢަރަބި ބަސް އުނގެނިވަޑައިގެންނެވުމަށް ކުރެއްވި ތަޖުރިބާތަކުގެ އަލީގައި، ޢަރަބި ބަހުން ވާހަކަ ނުދައްކާ މީހުންނަށް ޢަރަބި ބަސް ކިޔަވައިދޭނެ މުޤައްރަރެއް އެކުލަވާލެއްވިއެވެ. އެގޮތުން ޝައިޚް ތައްޔާރުކުރެއްވި މުޤައްރަރަކީ “دروس اللغة العربية لـغير الناطقين بـها” ގެ ނަމުގައި މިހާރުވެސް މަދީނާ ޔުނިވަސިޓީގައި ކިޔަވައިދޭ ފޮތްތަކެވެ.

ހިޖުރީގޮތުން 1416 ވަނަ އަހަރު މަދީނާގައި ހުންނަ مجمع الملك فهد لطباعة المصحف الشريف ގެ ތަރުޖަމާކުރާ މަރުކަޒުގެ މުދީރަކަށް ޝައިޚު އައްޔަނުކުރިއެވެ. ޝައިޙް ނިޔާވަންދެންވެސް ހުންނެވީ އެ މަޤާމުގައެވެ. ޝައިޚުގެ ބެއްލެވުމުގެ ދަށުން ހަތްދިހަ ހަތް ބަހަށްވުރެ ގިނަ ބަސްބަހުން ކީރިތި ޤުރުއާނުގެ ތަރުޖަމާ ޗާޕުކޮށްގެން ނެރެވުނެވެ.

ވަރަށް ގިނަ ބަސްތައް ޝައިޚު ދެނެވަޑައިގަންނަވައެވެ. އޭގެ ތެރޭގައި: ޢަރަބި ބަހާއި، އިނގިރޭސި ބަހާއި، އުރުދޫ ބަހާއި، ފާރިސީ ބަހާއި، ހިންދީ ބަހާއި، ތަމަޅަ ބަހާއި ފަރަންސޭސި ބަހާއި، ޖަރުމަނު ބަހާއި، ގުރީކު ބަހާއި، ތުރުކީ ބަހާއި، ޢިބްރީ ބަހާއި، އާރާމީ ބަހާއި، ސާންސްކްރިތު ބަސް އަދި އެސްޕެރާންޓޯ ބަސް ހިމެނެއެވެ.

ޝައިޚުވަނީ ޢަރަބި ބަހާއި އިނގިރޭސި ބަސް އަދި އުރުދޫ ބަހުން ފޮތްތައް ލިޔުއްވާފައެވެ.

 

 

ޝައިޚު ލިޔުއްވާފައިވާ ބައެއް ފޮތްތައް:

 

* ޢަރަބި ބަހުން ލިޔުއްވާފައިވާ ބައެއް ފޮތްތައް

  1. دروس اللغة العربية لـغير الناطقين بـها (1 ، 2 ، 3 ، 4)
  2. الدخيل في اللغة العربية الحديثة ولهجاتها
  3. تحقيق المعرب للجواليقي
  4. القول الأصيل فيما في العربية من الدخيل
  5. الإعلام بأصول الأعلام الواردة فيقصص الأنبياء عليهم السلام
  6. سواء السبيل إلى ما في العربية من الدخيل
  7. معجم الدخيل في اللغة العربية الحديثة ولهجاتها
  8. سحر الألحاظ في شعر الألفاظ
  9. إقسام الأيمان في أقسام القرآن
  10. دليل الحيارى في تسمية كتباليهود والنصارى
  11. الباحث عن الحق: قصة سلمان الفارسي رضي الله عنه
  12. في بلاطهرقل: حديث أبي سفيان رضي الله عنه، في مجلس هرقل ملك الروم
  13. إنهما من مشكاة واحدة: حديث هجرة المسلمين إلىالحبشة
  14. أبشر بخير يوم مر عليك منذ ولدتك أمك: حديثكعب بن مالك رضي الله عنه
  15. أربعون حديثا لتعليم اللغة العربية والتربية النبوية
  16. المسعف في لغة وإعرابسورة يوسف
  17. نصوص منالحديث النبوي الشريف
  18. نصوص إسلامية
  19. أحاديث سهلة

 

* އިނގިރޭސި ބަހުން ލިޔުއްވާފައިވާ ބައެއް ފޮތްތައް

  1. Europe Speaks Arabic
  2. I am proud to be a Muslim
  3. Hajj, Umrah and Ziyarat
  4. Selections From the Glorious Quran
  5. Surat al-Hujurat
  6. From Esphahan To Madinah in Search of Truth: Story of Salmaan al-Faarisi – رضي الله عنه  –
  7. Both These Lights Emanate from the Same Niche’ – Hadith of Umm Salamah – رضي الله عنها  –
  8. At the Well of Madyan: Surat al-Qasas
  9. Remembering the Hijrah
  10. Let’s Begin To Read Arabic: A Beginners Guide to Learning the Arabic Language and the Qur’aan
  11. Al-Tibyaan – Easy way to Qur’anic Reading
  12. Madinah Arabic Reader: Arabic Course as Taught at Islamic University, Madinah: For Children
  13. A Glossary of Words Used in Duroos al-Lughati l-Arabiyyah: Arabic-English Dictionary

 

 

އަވަހާރަވުން:

ޝައިޚު އަވަހާރަވީ 04 ރަބީޢުލްއާޚިރު 1445 – 19 އޮކްޓޯބަރ 2023 ވީ ބުރާސްފަތި ދުވަހުގެ ރޭގައެވެ. އަދި ޝައިޚުގެ މައްޗަށް ކަށުނަމާދުކުރީ ޖެހިގެން އައި ދުވަހު ހުކުރު ނަމާދަށް ފަހުގައި މަސްޖިދުއްނަބަވީގައެވެ. އަދި ފަސްދާނު ލެވުނީ ބަޤީޢުގައެވެ.

 

اللهم اغفر له واعف عنه وأكرم نزله وتقبل منه.


 

މަޞްދަރު: 1 ، 2