އެންމެ އެކަށޭނަ މީހުން ޢައްޔަނުކުރުން – 5

ޔަތީމު ކުއްޖާގެ ބެލެހެއްޓުންތެރިޔާއާއި ވަޤުފުގެ ބެލެހެއްޓުންތެރިޔާ އަދި މީހެއްގެ މުދަލުގެ މައްޗަށް ވެރި ކުރެވިފައިވާ މީހާގެ މައްޗަށް އޮތީ، ކޮންމެ މީހަކަށްމެ ޙަވާލު ކުރެވިފައިވާ މަސްއޫލިއްޔަތުތައް އަދާ ކުރުމުގައި، އެ މަސްއޫލިއްޔަތުތަކުގެ މަޞްލަޙަތު އޮތް ފަރާތަށް އެންމެ ފައިދާ ބޮޑު ވާނޭ މަގަށް އަދާ ކުރުމެވެ.