[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނަބިއްޔާ صلى الله عليه وسلم ގެ ޒަވާޖީ ޙަޔާތް 18

ނަބިއްޔާ صلى الله عليه وسلم އެކަލޭގެފާނުގެ އަނބިއަނބި ކަނބަލުންގެ އުނގުފުޅުގައި އިސްތަށިފުޅު އަޅުއްވައިގެން އަވަހާރަފުޅުލައްޕަވާ ކަމުގައިވިއެވެ: އެއްފަހަރަކު ދަތުރެއްގެ މަތީގައި ޢާއިޝާ رضي الله عنها ގެ ކަރުފުޅުގައި ތުރުކުރައްވާފައި އޮތް ހާރުކޮޅެއް ހޯދަވަން ޖެހިވަޑައިގެން މުޅި ޤާފިލާ އެއްކޮށް މަޑުކުރެއްވިއެވެ. އެކަމާ ހިތްޕުޅު ހަމަޖެހިވަޑައިނުގެން ޢާއިޝާ رضي الله عنها ގެ ބައްޕާފުޅު އަބޫ ބަކުރު رضي الله عنه އެކަމަނާގެ އަރިހަށް ވަޑައިގެން ނުރުހުން ފާޅުކުރައްވައި އެކަމަނާގެ އަރިކަށީގައި އެކަލޭގެފާނުގެ އަތްޕުޅުން ޖައްސަވަމުން […]

ﷲ އަށްޓަކައި އުޚުއްވަތްތެރިވުން 1

ﷲ އަށްޓަކައި ބޭއްވި ގުޅުމެއް ފިޔަވައި އެހެން ހުރިހާ ގުޅުމެއް ޤިޔާމަތް ދުވަހު ޢަދާވާތްތެރިކަމަށް ބަދަލުވެގެންދާނެއެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. ﴿الْأَخِلَّاءُ يَوْمَئِذٍ بَعْضُهُمْ لِبَعْضٍ عَدُوٌّ إِلَّا الْمُتَّقِينَ﴾ [الزخرف ٦٧] މާނައީ: “އެކުވެރިން އެދުވަހުން އެއްބަޔަކު އަނެއްބަޔަކަށް ވާހުށީ ދުޝްމަނުން ކަމުގައެވެ. ތަޤްވާވެރިން މެނުވީއެވެ.” އިބްނު ކަޘީރު އެކަލޭގެފާނުގެ ތަފްސީރުގައި ވިދާޅުވިއެވެ. “އެބަހީ: ކޮންމެ އެކުވެރިކަމެއްމެ އަދި ކޮންމެ ގާތްކަމެއްމެ ޤިޔާމަތް ދުވަހުން ޢަދާވާތްތެރިކަމަކަށް ބަދަލުވެގެންދާނެއެވެ. އެއީ ﷲ އަށްޓަކައި ކުރިކަމެއް ފިޔަވައެވެ. ފަހެ […]