މައިންބަފައިންނަށް ހެޔޮކޮށް ހިތުމަކީ ތިމާގެ ދުޢާ އިޖާބަވުމަށްވާ މަގެކެވެ.
![](https://dhisalafiyyah.net/wp-content/uploads/2011/10/br7_2.jpg)
މާތް ﷲ އެދެބައިކަލުންނަށް ރުއްސުންލެއްވި ޢަބްދު ﷲ ބުން ޢުމަރުގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ސަލާމާއި ޞަލަވާތްލެއްވި ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވާތީ ތިމަން އަޑު އެއްސެވީމެވެ. ” ތިޔަބައިމީހުންގެ ކުރީގެ އުއްމަތެއްގެ މީހުންކުރެ ތިން މީހަކު އެއްދުވަހަކު ދަތުރަކު ނިކުތެވެ.
ﷲގެ ރަސޫލާއަށް ތަބާވާށެވެ.
![](https://dhisalafiyyah.net/wp-content/uploads/2011/10/Muhammad_Rasool_Allah_Signet_by_v_e_i_l_e_d-1024x768.jpg)
އަޅުގަނޑުމެން އެންމެންވެސް ނަމޫނާ އަކަށް ބަލަން ޖެހޭނީ ކީރިތި މާތް ނަބިއްޔާ އެވެ. އެކަލޭގެފާނަކީ ޢާލަމްތަކަށް ރަޙްމަތެއްކަމުގައި ފޮނުއްވި މާތްﷲ ގެ ރަސޫލާއެވެ. އަލް އަމީނެވެ. އެކަލޭގެފާނު ދުނިޔެ ދޫކުރެއްވުމުގެ ކުރީން އެކަލޭގެފާނުވަނީ މާތްﷲ ގެ ފޮތާއި އަދި އެކަލޭގެފާނު ސުންނަނަތުގައި ބާރަށް ހިފަހައްޓައިގެންތިބުމަށް މީސްތަކުންނަށް ވަޞިއްޔަތް ކުރައްވާފައެވެ. އެކަލޭގެފާނުގެ ޞަޙާބާއިންނާއި، ތާބިޢީން އަދި ތަބާއައްތާބިޢީން ހިންގެވީ އެކަލޭގެފާނު ހިންގެވި މަގުންނެވެ. އަދި މީގެ އިތުރުން އުއްމަތުގެ ބޮޑެތި ޢިލްމުވެރީންނާއި މުޙައްދިޘުންނާއި މުޞްލިޙުންނާއި، މުޖުތަހިދުންނާއި، މިފަދަ ބޭބޭކަލުންވެސް […]