އިންސާނާ އަކީ އިންސާނުން ނުކުޅެދޭ ކަމުގެ ހެއްކެކެވެ.

މާތްﷲ އިންސާނުން ޚަލަޤު ކުރެއްވީ މަށީންނެވެ. މާތްﷲ ވަޙީ ކުރައްވަނީ وَلَقَدْ خَلَقْنَا ٱلْإِنسَـٰنَ مِن سُلَـٰلَةٍ مِّن طِينٍ ﴿١٢﴾ سورة المؤمنون މާނައީ: ” ހަމަކަށަވަރުން، ތިމަންރަސްކަލާނގެ މަށީގެ خلاصة އިން އިންސާނާ (އެބަހީ: آدم ގެފާނު) ހެއްދެވީމެވެ. “ އިންސާނާއަކީ މާތްﷲ ޚަލްޤު ކުރައްވާފައިވާ މާތް މަޚްލޫގެކެވެ. އިންސާނުން ޙަލްޤު ކުރައްވައި، އިޚްތިޔާރާއި ބާރު ދެއްވައި އަދި އެހެންމެ އިންސާނުންނަށް މާތްﷲ ވަނީ ވިސްނައި ފިކުރު ކުރުމުގެ ބާރުވެސް ދެއްވާފައެވެ. އިންސާނާގެ މުޅި […]
ފާފަތަކުން ދުރުހެލިވުމަށް ލަދުވެތިކަން އިޚްތިޔާރު ކުރާށެވެ

ލަދުވެތިގުނަވަން ރައްކާތެރި ކުރާށެވެ! ޙަރާމްކަންތައްތަކަށް މަގުފަހިވާފަދަ ތަންތަނަށް ދިއުމުން ތިބާގެ ފައި މަތަކުރާށެވެ! ފާފައެއް ކުރަންހުއްޓާ ތިބާގެ އަޖަލު ހަމަވެ، އެޙާލުގައި ތިބާ ޤިޔާމަތްކުރައްވައި ﷲ ގެ ދަރުބާރަށް ޙާޟިރުކުރެވޭނެ ކަމާއިމެދު ލަދުވެތިވެ ފާފަތަކުން ދުރުހެލިވާށެވެ!
ކެއިންބުއިމުގެ އަދަބުތަކުގެ ތެރެއިން…

މި ޙަދީޘުގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ، އެކަލޭގެފާނުގެ އުއްމަތަށް އިރުޝާދުދެއްވާފައިވަނީ، ކެއިން ބުއިމުގައި ކަނާއަތް އިސްކުރުމަށެވެ. އަދި ވައަތުން ކައިބޮއެ ނެހެދުމަށެވެ. އެހެނީ ޝައިޠާނާ ކައިބޮއެ ހަދަނީ އެސޮރުގެ ވައަތުންނެވެ. އެސޮރުގެ މަގަށް ތަބަޢަވެއްޖެނަމަ ދެދުނިޔޭގައިވެސް ނާކާމިޔާބުވެގެންދާ މީހުންގެތެރެއިން އަޅުގަނޑުމެން ވެގެން ހިނގައިދާނެތެވެ.