[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

الإيمان ( އީމާންކަން ) – 1

ބަހުގެ ގޮތުން އީމާނުގެ މާނައަކީ : ހިތުން ތެދުކުރުމެވެ. ޝަރުޢީ އިސްތިލާޙުގައި އީމާނުގެ މާނައަކީ : ހިތުން ތެދުކޮށް ޤަބޫލުކުރުމާއި އެކު ދުލުން އިޤުރާރުވެ ގުނަވަންތަކުން ޢަމަލުކުރުމެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިވަސައްލަމަ ޙަދިޘްކުރައްވާފައިވެއެވެ. ” (( الإيمان بضع وستون أو وسبعون شعبة ، أعلاها قول لاإله إلا الله وأدناها إماطة الأذى عن الطريق ، والحياء شعبة من الإيمان))  މާނަ : ” އީމާންކަން ފަސްދޮޅަސް ނުވަތަ ހަތްދިހަ […]

ތަވްޙީދު ފިލާވަޅު 2 (ކިތާބުއް ތަވްޙީދުގެ ޝަރަޙަ)

ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ދުވަސްވަރު އުޅުނު މުޝްރިކުންވެސް ތަޢުޙީދުގެ މިބަޔަށް އެއްބަސްވެއެވެ. ނަމަވެސް އެމީހުން މިބަޔަށް އީމާންވާންޖެހޭ އެއްމެފުރިހަމަ ގޮތުގައި އީމާނެއް ނުވެއެވެ. އެހެނީ މިބަޔަށް އީމާންވާންޖެހޭ އެއްމެފުރިހަމަ ގޮތުގައި އީމާންވާމީހާ ތަވްޙީދުގެ އަނެއް ދެބަޔަށްވެސް އީމާންވާނެއެވެ. އެހެންކަމުން މިބަޔަށް އެއްބަސްވި އެއްބަސްވުމުން، އެމީހުންނަށް އިސްލާމްދީނަށް ވަދެވުނުކަމަކަށް ނުވެއެވެ.

ރޭގަނޑެއްގެ ދަތުރު

   ކީރިތި މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް މަދީނާއަށް ހިޖުރަކުރެއްވުމުގެ އެއްއަހަރު ކުރީގެ ރެއެއްގެ ވަގުތެވެ. މަޑުމައިތިރިކަމާއި، ހަމަހިމޭންކަން ވަނީ މައްކާގެ މައްޗަށް ވެރިވެފައެވެ. ކީރިތި މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް އަވަހާރަފުޅު ލައްޕަވާއިގެން އޮންނަވަނިކޮށް އެކަލޭގެފާނުގެ ގެކޮޅުގެ ފުރާޅު ފަޅުއްވައި އެކަލޭގެފާނުގެ އަރިހަށް ޖިބްރީލުގެފާނު ވަޑައިގެންނެވިއެވެ. އަދި އެކަލޭގެފާނުގެ މޭފުޅު ފަޅުއްވައި، ހިތްޕުޅު ނަންގަވައި، ޒަމްޒަމް ފެނުން ދޮންނެވިއެވެ. އެއަށްފަހު ޙިކުމަތާއި އީމާންކަން އޭގައި ފުރެންދެން ހުރި ރަނުގެ ތަށްޓެއް […]