ތިބާއަކީ ކެތްތެރިއެއްތޯއެވެ؟

ﷲ ސުބުޙާނަހޫ ވަޠަޢާލާ ހެއްދެވި މަޚްލޫގުންގެ ތެރެއިން އިންސާނުންނަށްވަނީ އިމްތިޙާނަށްޓަކައި އިޚްތިޔާރާއި ބާރު ދެއްވައި، ހަށިގަނޑުގައި ހިއްސުތަކަކާ އުދާސް ތަކެއްލައްވައި، ހެޔޮ ވިސްނުން ދެއްވައި އެހެން ހުރިހާ މަޚުލޫގުންނަށްވުރެ މާތް ކުރައްވައި އިންސާނުންގެ ދަރަޖަ ވަނީ މަތި ކުރައްވާފައެވެ. ދުނިޔެ މަތީގައި ދިމާވާ ކަންތައްތައް ތަހައްމަލު ކުރުމަށްޓަކައި އިންސާނާ ގަދަ އަޅައި މަސައްކަތް ކުރަން ޖެހެއެވެ. މިގޮތުން އިންސާނާގެ ހަށިގަނޑުގައި ލައްވާފައިވާ އެކިއެކި ސިފަތަކަށް ބަލައިލި ކަމުގައިވީނަމަވެސް، ކޮންމެ ސިފައަކީވެސް އޭގެ ޒާތުގައި ރަނގަޅު، ނުވަތަ ނުބައި […]
ޒިނޭ

ޚާއްސަކޮށް އަންހެނުންގެ މޫނު ކަޝްފުކުރުމަށް ދެވޭ ދަޢުވަތަކީ ޝައިތާނާއާއި އޭނާގެ ބައިވެރިން ތަބައްރުޖަށް ދޭ ދަޢުވަތެކެވެ. އަދި ބެލުން ތިރިނުކުރުމާއި ޙަރާމް ތަންތަނަށް ބެލުން މިވަނީ ޢާއްމުވެފައެވެ.
ޙަދީޘް ޢިލްމަށް މަގެއް 2

ސަޙާބީއަކީ ކޮބާ؟ ސަޙާބީއަކީ، އިސްލާމްކަންމަތީހުރެ ރަސޫލު الله صلى الله عليه وسلم އާއި ބައްދަލުވެ، އިސްލާމްކަންމަތީހުރެ މަރުވި ކޮންމެ މީހެކެވެ. ތާބިޢީންނަކީ ކޮބާ؟ ތާބިޢީންނަކީ މުސްލިމެއްގެ ގޮތުގައިހުރެ ސަހާބީއަކާއި ބައްދަލުވެ އިސްލާމްކަންމަތީގައި މަރުވި ކޮންމެމީހެކެވެ. ޙަދީޘް ޢިލްމުގެ ބައެއްއިމާމުވެރި ބޭކަލުން: އެބޭކަލުންނަކީ ޙަދީޘްތައް ނެރެޖަމަޢަކޮށް، ފޮތްތަކެއްގެ ސިފާގައި އެކުލަވާލައި، ޞައްޙަޙަދީޘްތަކާއި ޟަޢީފް ޙަދީޘްތައް ވަކިކޮށް ބަޔާންކޮށްދެއްވި ބޭކަލުންނެވެ. މީގެތެރެއިން ބައެއްބޭކަލުންނަކީ އަލްއިމާމް މާލިކްބިން އަނަސް. އެކަލޭގެފާނު ލިޔުއްވިފޮތަކީ އަލް މުއައްޠާ އެވެ. އެކަލޭގެފާނު ދުނިޔޭގައި އުޅުއްވީ […]
ޙައްޖުމަހުގެ ފުރަތަމަ ދިހަދުވަހުގެ ބޭނުން ހެޔޮގޮތުގައި ހިފަމާތޯއެވެ!

ޙާފިޡް އިބްނު ޙަޖަރް ރަޙިމަހުﷲ ފަތުޙުލްބާރިގައި ވިދާޅުވެފައިވެއެވެ. “އަހަރުގެ އެހެން ދުވަސްތަކުގެ މައްޗަށް، ޙައްޖުމަހުގެ ފުރަތަމަ 10ދުވަސް މާތްކުރެވުނު ސަބަބެއް ކަމުގައި ބެލެވެނީ ހުރިހާ ބޮޑެތި އަޅުކަންތަކެއް އެދުވަސްތަކުގައި ޖަމަޢަވުމެވެ. އެއީ ނަމާދާއި، ރޯދައާއި، ޙައްޖާއި، ޞަދަޤާތެވެ. މި ހުރިހާ ކަމެއް އެހެން އެއްވެސް ދުވަސްވަރެއްގައި ޖަމަޢަނުވާނެއެވެ.”