ދުނިޔޭގެ އާބާދީއަށް 7 ބިލިއަން މީހުން ހަމަވަނީ… ދެނޯ؟
މިހާރަކަށް އައިސް މީޑިއާތަކުން އެންމެ ގިނައިން އިވެމުން އަންނަ އެއްވާހަކައަކީ ދުނިޔޭގެ އާބާދީ 7 ބިލިއަން މީހުނަށް އިތުރުވާ ވާހަކައެވެ. ދިރާސާތައް ދައްކާގޮތުން މި އަހަރުގެ އޮކްޓޯބަރ މަސް ނިމޭއިރު ދުނިޔޭގެ އާބާދީއަށްވާނީ 7 ބިލިއަން ހަމަވެފައެވެ. މި ކަމާއި ގުޅިގެން ތަފާތު އަޑުތައް އެކި ދިމަދިމާލުން މިވަނީ އިވެންފަށާފައެވެ. މިކަމުގައިވެސް ދެކޮޅަށް ވާހަކަ ދައްކާ ބަހުސް ކުރާ މީހުން މަދެއްނޫނެވެ. އެއްބަޔަކު ބުނާ ގޮތުން އާބާދީ ބޮޑުވުމުގެ ސަބަބުން ގިނަ މީހުން ބަނޑަށް ޖެހުމުގެ ފުރުޞަތު…