ހޮނިހިރުދުވަހު ސުންނަތް ރޯދަ ހިފުމުގެ ޙުކުމް

މިހާހިސާބުން އަޅުގަނޑުމެން ދަންނަންޖެހޭ ޙަޤީޤަތަކީ ހޮނިހިރު ދުވަހު ރޯދަހިފުން ނަހީވުމާމެދު ވާރިދުވެގެންވާ ޙަދީޘް ޞައްޙަކުރެއްވި ޢިލްމުވެރިން އެކަން ޙަރާމުގެ ދަރަޖައިގައި ނުނަންގަވައި މަކްރޫހުގެ ދަރަޖައިގައި ނަންގަވާނީ ދަލީލެއްގެ މައްޗަށް ބުރަވެކަމެވެ. އާދޭހެވެ! އެންމެ ދަލީލެއްގެ މައްޗަށް ބުރަވެއެއްނޫނެވެ.
ސިޔަރަތު ފިލާވަޅު 3

އެކަލޭގެފާނު ބާދިޔަތު ބަނީސަޢުދުގައި ހުންނެވި ދުވަސްވަރު އެކަލޭގެފާނަށް ވަރަށް ޢަޖާއިބުކުރަނިވި ޙާދިޘާއެއް ދިމާވެވަޑައިގެންނެވިއެވެ.
ފާޠިމާ ރަޟިޔަ ﷲ ޢަންހާގެ ޙަޔާތްޕުޅުން ޢިބްރަތް ހާޞިލްކުރަމާތޯ؟

ކީރިތި ރަސޫލާގެ ހަތަރުވަނަ ދަރިކަބަލުން އައްސައްޔިދާ ފާޠިމާ ރަޟިޔަ ﷲ ޢަންހާއަކީ ހުރިހާ ގޮޮތަކުންމެ މުއުމިނު އަންހެނުންނައްހުރި ނަމޫނާއެކެވެ. އެކަމަނާއަކީ ކީރިތި ރަސޫލާ އެންމެ ލޯބިފުޅުވާ ދަރިކަނބަލުންނެވެ. އެކަމަނާ އެންމެ ވައްތަރުފުޅީ އެކަމަނާގެ ލޮބުވެތި މައިކަނބަލުން އުންމުލް މުއުމިނީން ޚަދީޖާ ރަޟިޔަ ﷲ ޢަންހާ އާއެވެ. ނަމަވެސް އުޅުއްވުމާ އަޚްލާޤުފުޅު އެންމެ ވައްތަރުފުޅީ ބައްޕާފުޅު ރަސޫލާ މުޙައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމައެވެ. ފާތިމާ ރަޟިޔަ ﷲ ޢަންހާއަކީ ތުއްޕުޅު އިރުއްސުރެ ސާދާ ދިރިއުޅުމަކަށް ލޯބިކުރެއްވި، ޢިލްމުވެރި، […]
ދުނިޔޭގެ ޙަޤީޤަތާއިމެދު ޣާފިލުނުވާށެވެ.

މި ދުނިޔެއަކީ ވަޤުތީ ގޮވައްޗެކެވެ. ދާދި އަވަހަށް ހަޤީޤީ މަންޒިލަށް ދިޔުމަށް ދަތުރަށް ފުރަންޖެހިދާނެއެވެ. އަނބިދަރީންނާއި މުދާ ދޫކޮށްފައި މިދުނިޔެއިން ވަކިވެދާންޖެހިދާނެއެވެ. އެދުވަހުން އެއްވެސް މުދަލަކުން ކުރާނެފައިދާއެއްނެތެވެ. ދެންއޮތީ ބަރުޒަޚުގެ ގެ ޙަޔާތެވެ. ކައްވަޅުގެ އެކަނިވެރިކަމެވެ. އެއަށްފަހު މަޙްޝަރުބިމެވެ. ޙިސާބު ބެއްލެވުމެވެ. ޞިރާޠު މަގެވެ. އެއަށްފަހު އޮތީ ދާއިމީ ދިރިއުޅުމެކެވެ. ނަރަކައިގެ ވޭންދެނިވި ޢަޒާބުގެ ތެރޭގައެވެ. ނުވަތަ ސުވަރުގޭގެ މަތިވެރި ނިޢުމަތުގެ ތެރޭގައެވެ. ﷲ ތަޢާލާ ގެ ވަޙީބަސްފުޅުގައިވެއެވެ. ” اعْلَمُوا أَنَّمَا الْحَيَاةُ الدُّنْيَا لَعِبٌ […]