ޛުލްޤަރުނައިނިގެ ވާހަކަ
ޛުލްޤަރުނުއަކީ މާތްﷲ އަށް އީމާންވެގެންހުންނެވި ހެޔޮލަފާ ޞާލިޙު ރަސްކަލެކެވެ. ނަމަވެސް ގިނަ ޢިލްމުވެރިން ދެކިލައްވާ އެންމެ ޞައްޙަ ގޮތަކީ އެކަލޭގެފާނަކީ ނަބީބޭކަލެއްނޫންކަމެވެ. އެކަލޭގެފާނަށް ޛުލްޤަރުނައިނި މިނަމުން ނަންދެވިފައިވަނީ އެކަލޭގެފާނު ހުޅަނގާއި އަދި އިރުމަތީގައިވާ ރަށްތަކަށް ދަތުރުކުރައްވާފައިވުމުގު ސަބަބުންނެވެ. ރިވާވެފައިވާ ގޮތުގައި އެއީ ޝައިތާނާގެ ދެދަޅު އަރާ އަދި ގެއްލޭތަނެވެ. އަދި ޛުލްޤަރުނައިނިއަކީ މިޒަމާނުގައި މިކިޔާ އެލެކްސެންޑަރ ދަ ގުރޭޓު(މެސެޑޯނިޔާ) ނުވަތަ އިސްކަންދަރު ރަސްގެފާނެއް ނޫނެވެ. ސަބަބަކީ މި އިސްކަންދަރު ރަސްގެފާނަކީ ކާފަރެކެވެ. އަދި ދުނިޔޭގައި އުޅެފައވަނީ ޛުލްޤަރުނައިނިއަށްވުރެ…