[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ކުށު ސަޖިދަކުރާއިރު އަދި ކުށުސަޖިދައިގެ ދެސަޖިދަ ދެމެދު އިނދެ ކިޔާ ދުޢާ

الحمد لله والصلاة والسلام على رسول الله وعلى آله وصحبه وسلم.

ކުށު ސަޖިދަ ކުރާއިރު އަދި ކުށުސަޖިދައިގެ ދެސަޖިދަ ދެމެދު އިށީނދެ އިންނައިރު ކިޔާނީ އެހެންނަމާދުގައިވެސް ކިޔާ ދުޢާތަކެވެ.

އެބަހީ ސަޖިދަ ކުރާއިރު (سُبْحَانَ رَبِّيَ الْأَعْلَى) ތިންފަހަރު، އަދި ދެސަޖިދަ ދެމެދު (رَبِّ اغْفِرْ لِيْ) ދެފަހަރު އެވެ.

މިގޮތުން ސުއޫދީ އަރަބިއްޔާގެ ފަތުވާދޭ ދާއިމީ ލަޖުނާއަށް ކުރެވުނު ސުވާލެއްގެ ޖަވާބުގައި ވިދާޅުވެފައިވެއެވެ.

“ކުށުސަޖިދައާއި ތިލާވަތުގެ ސަޖިދަކުރާމީހާ އެހެން ނަމާދުތަކުގައިވެސް ކިޔާފަދައިން “سُبْحَانَ رَبِّيَ الْأَعْلَى” ކިޔާށެވެ. އެކަމުގައި ވާޖިބު މިންވަރަކީ އެއް ފަހަރު ކިޔުމެވެ. އަދި ތިންފަހަރު ކިޔުން އެއީ ފުރިހަމަ މިންވަރުގެ ތެރެއިން އެންމެ މަދު މިންވަރެވެ. ސަޖިދަ ކުރާއިރު ފަސޭހަވެގެންވާ މިންވަރަކަށް މުހިންމު ޝަރުޢީ ދުޢާތައް ކުރުން މުސްތަޙައްބު ވެގެންވެއެވެ.” (فتاوى اللجنة الدائمة (6 / 445))

ކުށުސަޖިދަ ކުރާއިރު “سُبْحَانَ مَنْ لا يَنَامُ وَلا يَسْهُو” މިދުޢާ ކިޔުން އެއީ މުސްތަޙައްބު ކަމެއް ކަމުގައި ބައެއް ޢިލްމުވެރީން ވިދާޅުވެއެވެ. ނަމަވެސް ކުރީގެ މަޝްހޫރު ޙަދީޘް ޢިލްމުވެރިޔާ الحافظ ابن حجر މިދުޢާއާއި ބެހޭ ގޮތުން ވިދާޅުވެފައި ވަނީ މިދުޢާއަކީ އެއްވެސް އަސްލެއް އޮތް ދުޢާއެއްކަން އެކަލޭގެފާނަށް އެނގިވަޑައިގެންފައި ނުވާ ކަމަށެވެ. (تلخيص الحبير (2 / 12)).

އަދި فضيلة الشيخ مشهور حسن سلمان ވެސް فضيلة الشيخ أحمد شقيري ގެ السنن والمبتدعات މިފޮތަށް ހަވާލާދީ އެފޮތުގައިވާ ޢިބާރާތް ނަގުލުކުރައްވަމުން  މި ދުޢާއަކީ رسول الله صلى الله عليه وسلم އާއި އެކަލޭގެފާނުގެ އަޞްހާބުބޭފުޅުންގެ އަރިހުން ސާބިތުވެފައިވާ ދުޢާއެއް ނޫންކަމުގައި ވިދާޅުވެފައިވެއެވެ. (القول المبين في أخطاء المصلين (ص: 142 – 143)).

والله تعالى أعلم.