ޢަޤީދާގެ ފިލާވަޅު 4 (ޢަޤީދަތުއް ޠަޙާވިއްޔާގެ ޝަރަޙަ)
قَالَ الطَّحَاوِيُّ رحمه الله: “نَقُولُ فِي تَوْحِيدِ اللَّهِ -مُعْتَقِدِينَ بِتَوْفِيقِ اللَّهِ- إِنَّ اللَّهَ وَاحِدٌ لاَ شَرِيكَ لَهُ”. ޠަޙާވީ ރަޙިމަހުﷲ ވިދާޅުވިއެވެ. “ﷲ ތަވްފީޤާއެކު އީމާންވާ ޙާލު، އެއިލާހުގެ އެއްކައުވަންތަކަމާމެދު އަހަރެމެން ބުނާހުށީ: ހަމަކަށަވަރުން ﷲ އީ އެއްކައުވަންތަ އިލާހެވެ. އެއިލާހަށް އެއްވެސް ޝަރީކަކުނުވެއެވެ.” ______________________________________________________________ ޝަރަޙަ: އިމާމް ޠަޙާވީ ރަޙިމަހުﷲ ގެ މިޖުމްލައިން އަންގައިދޭން ބޭނުން ވަނީ ﷲ ސުބުޙާނަހޫ ވަތަޢާލާ އެއްކައުވަންތަކުރުން (އެބަހީ ތަވްހީދު) އެވެ. މިއީ އިސްލާމްދީނުގެ…