މާތްޞަހާބީ ބޭކަލެއްގެ ވާހަކަ

މާތް ﷲ ރުއްސުންލެއްވި ސަލްމާން ފާރިސީއާއި އަދި އަބުއްދަރުދާގެ ދެމެދުގައި އޮތް އަޚުވަންތަކަން އަބޫ ޖުހައިފާ ރިވާކުރެއްވިއެވެ. ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ އަބުއްދަރުދާ އާއި އަދި ސަލްމާން އާއި ދެބޭކަލުން އަޚުކުރެއްވިއެވެ. އެއްފަހަރެއްގައި ސަލްމާން އަބުއް ދަރުދާގެ ގެކޮޅަށް ޒިޔާރަތްކުރެއްވިއެވެ. އަދި އެކަލޭގެފާނަށް އުއްމު ދަރުދާ(އަބުއްދަރުދާގެ އަނބިކަނބަލުން) ވަރަށް ބާ ހެދުންކޮޅެއް ތުރުކުރައްވައިގެން ހުންނެވި ތަން ފެނިވަޑައިގަތެވެ. އަދި އެކަމަނާ އެހާލުކޮޅުގައި ހުންނެވީ ކީއްވެގެންތޯ ސުވާލުކުރެއްވިއެވެ. އެކަމަނާ ޖަވާބުދެއްވިއެވެ. “ތިބާގެ އަޚާ އަބުއްދަރުދާ މި […]
ދެވަނަ ފިލިޕީންސަކަށް ރާއްޖެ ވިޔަނުދެމާތޯއެވެ!

ދެވަނަ ފިލިޕީންސަކަށް ރާއްޖެ ވިޔަނުދިނުމަށްޓަކައި ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަމާ ހިނގާށެވެ. އެކަމަށްޓަކައި އެންމެ މުހިންމު ކަމަކީ އަޅުގަނޑުމެންގެ އަމިއްލަ ނަފްސުތައް އިޞްލާޙުކުރުމެވެ. ޣާފިލުކަމުގެ ނިދިން ހޭލުމެވެ.
ޝެއިޚުލް އިސްލާމް އިބްނު ތައިމިއްޔާ ރަޙިމަހުﷲ

އިބްނު ތައިމިއްޔާ ރަޙިމަހުﷲގެ ފުރިހަމަ ނަންފުޅަކީ ތަޤިއްޔުއްދީން އަބުލް ޢައްބާސް އަޙްމަދު ބުން ޢަބްދުލްޙަލީމް ބުން ޢަބްދުއްސަލާމް ބުން ޢަބްދުﷲ ބުން އަބުލްޤާސިމް އަލްޚަޟިރު ބުން މުޙައްމަދު ބުނުލް ޚަޟިރު ބުން ޢަލީ ތައިމިއްޔަތަލް ޙަރާނީއެވެ. ތައިމިއްޔާ އަކީ މުޙައްމަދު ބުނުލް ޙަޟިރުގެ މާމަކަމަށް ބުނެވިފައިވެއެވެ. އެކަނބުލޭގެއަކީ ވަޢުޡީ ދަރުސް ދެއްވާ ވާޢިޡާއެކެވެ. ތައިމިއްޔާ ކިއިފައިވަނީ އެކަނބުލޭގެއަށް ނިސްބަތްކޮށް ނިސްބަތްކޮށެވެ. މިއާއިލާ މަޝްހޫރުވެފައިވަނީ “އާލްތައިމިއްޔާ” ގެ ނަމުންނެވެ. އިބްނު ތައިމިއްޔާގެ މަންމާފުޅުގެ ނަންފުޅަކީ ސިއްތުއްނިޢަމް ބިންތި ޢަބްދުއްރަޙްމާން […]