ﷲ ތަޢާލާގެ ނަންފުޅުތަކާއި ސިފަފުޅުތަކަށް އީމާންވުމުގައި އަހުލުއްސުންނާ ވަލް ޖަމާޢަތުގެ މަގު -1-

އަހުލުއް ސުންނާ ވަލްޖަމާޢަތް: އެއީ ރަސޫލުﷲ ސައްލަﷲ ޢަލައިހި ވަސައްލަމްގެ ސުންނަތުގައި ހިފުމަށް އެއްބައިވާ މީހުންނެވެ.
ނަމާދުގެ ޝަރުޠުތަކުގެ ތެރެއިން … (1)

ނަމާދު ޞައްޙަވުމަށްޓަކައި ޝަރުޠުތަކެއް ވެއެވެ. އެޝަރުޠުތައް ނުވަތަ އެޝަރުޠުތަކުގެ ތެރެއިން ބައެއް އުނިވެއްޖެކަމުގައިވާނަމަ ނަމާދު ޞައްޙައެއް ނުވާނެއެވެ. ޝަރުޠުތަކަކީ ނަމާދުކުރުމުގެ ކުރިން ނަމާދުކުރުމަށްޓަކައި ފުރިހަމަކުރަންޖެހޭ ކަންކަމެވެ. އެގޮތުން އިސްލާމްކަމާއި، ބާލިޣުވުމާއި، ބުއްދިހަމަޖެހުމަކީ ކޮންމެ ޢަމަލެއްގެވެސް ޝަރުޠުތަކެކެވެ. މިލިޔުމުގައި އަލިއަޅުވާލައިފައިވާނީ މިތިން ޝަރުޠުގެ އިތުރަށް ނަމާދުގައިވާ ޝަރުޠުތަކުގެ ކުރު ތަފްޞީލަކަށެވެ. އެޝަރުޠުތަކުގެ ތެރޭގައި : ފުރަތަމައީ: ވަގުތު ވަނުން : الله تعالى ވަޙީކުރައްވާފައިވެއެވެ. ((إِنَّ الصَّلاةَ كَانَتْ عَلَى الْمُؤْمِنِينَ كِتَاباً مَوْقُوتاً)) النساء: 103 މާނައީ: […]