ޝެއިޚުންގެ ކިބައިން ފަތުވާއަށް އެދޭމީހާގެ ހުންނަންޖެހޭ ޞިފަތަކަކީ ކޮބާ؟
ކޮންމެ ފަންނެއްގައިވެސް ، އެކަމަކާއި ބެހޭގޮތުން، އެކަމުގެ ޢިލްމުލިބިހުރި މީހަކާއި ސުވާލުކުރުމަށް ﷲ ތަޢާލާވަނީ އަންގަވާފައެވެ. އެގޮތުން އިސްލާމް ދީނުގެ ޙުކުމަކާއި މެދު އޮޅުންއަރައިފިނަމަ ނުވަތަ ސުވާލެއްކުރަން ބޭނުންވެއްޖެ ނަމަ އަޅުގަނޑުމެން ސުވާލުކޮށް އޮޅުފިލުވަން ދާންޖެހޭނީ ދީނީ ޢިލްމު ލިބިގެންހުރި ޝެއިޚެއްގެ ކައިރިއަށެވެ. ﷲ ތަޢާލާގެ ވަޙީބަސްފުޅުގައި ވެއެވެ. ” فَاسْأَلُوا أَهْلَ الذِّكْرِ إِن كُنتُمْ لَا تَعْلَمُونَ ﴿٤٣﴾ ” މާނަ: ” ތިޔަބައިމީހުންނަށް ނޭންގޭކަމުގައިވާނަމަ ޢިލްމުގެ އަހުލުވެރިންނާ ސުވާލުކުރާށެވެ. “ އެގޮތުން ޢިލްމުވެރިއެއްގެ…