ސިޔަރަތު ފިލާވަޅު 4
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އުޅެބޮޑުފުޅުވެވަޑައިގަތުމާއި އެކަލޭގެފާނުގެ ޒުވާންކަމުގެ ފެށުން: ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އުޅެބޮޑުފުޅުވެވަޑައިގެންނެވީ މައްކާގައި ޔަތީމު ޙާލުކޮޅުގައެވެ. އެކަލޭގެފާނު އެންމެ ތުއްޕުޅުއިރުއްސުރެ ހުންނެވީ ކާފާފުޅު ޢަބްދުލްމުއްޠަލިބުގެ ބެއްލެވުމުގެ ދަށުގައެވެ. ޢަބްދުލްމުއްޠަލިބު އަވަހާރަވުމުން ހުންނެވީ އެކަލޭގެފާނުފެ ބައްޕަފަރާތު ބޮޑުބޭބޭފުޅު އަބޫޠާލިބުގެ ބެލުމުގެ ދަށުގައެވެ. ޖާހިލިއްޔަ ޒަމާނުގައި މީސްތަކުން ކޮށްއުޅުނު ހުރިހާ ނުބައިކަމަކުން ﷲ ތަޢާލާ އެކަލޭގެފާނު ރައްކާތެރިކުރެއްވިއެވެ. އަދި ހުރިހާ އުނި ސިފަތަކަކުން އެކަލޭގެފާނު ސަލާމަތްކުރައްވައި ހުރިހާ ރީތި ސިފަތަކެއް ޖިސްމާނީގޮތުންވެސް އަދި އަޚްލާޤީ…