އެކަލޭގެފާނަށް އީމާންވުމުގެ ތެރޭގައި، އެކަލޭގެފާނަކީ ﷲ ގެ އަޅާކަމަށާއި އަދި އެކަލޭގެފާނަކީ ﷲ ފިޔަވައި އަޅުކަންކުރެވޭފަރާތެއްނޫންކަމަށް އީމާންވާންޖެހެއެވެ. އަދި އެކަލޭގެފާނަކީ ﷲ ގެ ރަސޫލާކަމަށާއި ، އިތުރުފުޅު ހައްދަވާ ބޭކަލެއް ނޫންކަމަށް އީމާންވާން ޖެހެއެވެ. އަދި އެކަލޭގެފާނަކީ އެންމެފަހުގެ ނަބިއްޔާ އަދި ރަސޫލާކަމަށާއި ، އެކަލޭގެފާނުގެ މައްޗަށް ބާވައިލެއްވުނު ކީރިތި ޤުރުއާނަކީ އެންމެފަހުން ބާވައިލެއްވުނު ފޮތްކަމަށާއި ، އެފޮތް ބާވައިލެއްވުމުން އޭގެ ކުރިން ބާވައިލެއްވުނު ފޮތްތައް މަންސޫޚް ކުރެވިފައިވާކަމަށް އީމާންވާންޖެހެއެވެ.
ﷲ ތަޢާލާގެ ވަޙީބަސްފުޅުގައި ވެއެވެ.“مَّا كَانَ مُحَمَّدٌ أَبَا أَحَدٍ مِّن رِّجَالِكُمْ وَلَـٰكِن رَّسُولَ اللَّـهِ وَخَاتَمَ النَّبِيِّينَ ۗ وَكَانَ اللَّـهُ بِكُلِّ شَيْءٍ عَلِيمًا ﴿٤٠﴾ ” سورة الأحزاب މާނަ :” ތިޔަބައިމީހުންގެ ބޮޑެތި ފިރިހެނުންގެ ތެރެއިން އެކެއްގެވެސް ބަފައިކަލަކު ކަމުގައި މުޙައްމަދުގެފާނު ނުވެތެވެ. އެހެނެއްކަމަކު، (އެކަލޭގެފާނީ) ﷲގެ ރަސޫލާއެވެ. އަދި ނަބީކަން ختم ކުރެއްވި ކަލޭގެފާނުވެސްމެއެވެ. އަދި ކޮންމެ ކަމެއްމެ މޮޅަށް ދެނެވޮޑިގެންވާ ކަލަކުކަމުގައި ﷲ ވޮޑިގެންވެއެވެ. “
ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. “الَّذِينَ يَتَّبِعُونَ الرَّسُولَ النَّبِيَّ الْأُمِّيَّ الَّذِي يَجِدُونَهُ مَكْتُوبًا عِندَهُمْ فِي التَّوْرَاةِ وَالْإِنجِيلِ يَأْمُرُهُم بِالْمَعْرُوفِ وَيَنْهَاهُمْ عَنِ الْمُنكَرِ وَيُحِلُّ لَهُمُ الطَّيِّبَاتِ وَيُحَرِّمُ عَلَيْهِمُ الْخَبَائِثَ وَيَضَعُ عَنْهُمْ إِصْرَهُمْ وَالْأَغْلَالَ الَّتِي كَانَتْ عَلَيْهِمْ ۚ فَالَّذِينَ آمَنُوا بِهِ وَعَزَّرُوهُ وَنَصَرُوهُ وَاتَّبَعُوا النُّورَ الَّذِي أُنزِلَ مَعَهُ ۙ أُولَـٰئِكَ هُمُ الْمُفْلِحُونَ ﴿١٥٧﴾ “سورة الأعراف މާނަ : “އެއުރެންނީ، އުއްމިއްޔަ ނަބިއްޔާ ކަމުގައިވާ ރަސޫލާއަށް ތަބަޢުވާ މީހުންނެވެ. އެއީ އެއުރެންގެ ގާތުގައިވާ ތަވްރާތާއި، އިންޖީލުގައި އެރަސޫލާާގެ ސިފަފުޅުތައް ލިޔެވިގެންވާތީ، އެއުރެންދެކޭ ރަސޫލާއެވެ. އެކަލޭގެފާނު، އެއުރެންނަށް ހެޔޮކަންތަކަށް އަމުރުކުރައްވަތެވެ. އަދި ނުބައިކަންތައް އެއުރެންނަށް ނަހީކުރައްވަތެވެ. އަދި ރަނގަޅު ތަކެތި އެއުރެންނަށް ޙަލާލުކުރައްވަތެވެ. އަދި ނުބައިވެގެންވާ ތަކެތި އެއުރެންނަށް ޙަރާމްކުރައްވަތެވެ. އަދި އެއުރެންގެ މައްޗަށްހުރި ބުރަތަކާއި، އެއުރެންގައި އެޅިފައިވާ ކަސްތޮޅުތައް ނެތިކުރައްވައި، ލުއިކުރައްވަތެވެ. ފަހެ، އެކަލޭގެފާނަށް އީމާންވެ، އެކަލޭގެފާނަށް ވާގިވެރިވެ، ނަޞްރުވެރިވެ، އެކަލޭގެފާނާއެކުގައި ބާވައިލެއްވި ނޫރަށް ތަބަޢުވީ މީހުން (ދަންނާށެވެ!) ދިންނަވާނޭ މީހުންނަކީ، ހަމަ އެއުރެންނެވެ. “
އަދިވެސް އެއިލާހު ވަޙީޚުރައްވާފައިވެއެވެ. “وَمَن يَبْتَغِ غَيْرَ الْإِسْلَامِ دِينًا فَلَن يُقْبَلَ مِنْهُ وَهُوَ فِي الْآخِرَةِ مِنَ الْخَاسِرِينَ ﴿٨٥﴾” سورة آل عمران މާނަ: “ދީނެއްގެ ގޮތުގައި އިސްލާމްދީން ނޫން ދީނެއް އެދޭމީހާ (ދަންނާށެވެ!) ފަހެ، އެމީހާގެ ކިބައިން (އެކަން) ޤަބޫލެއް ނުކުރައްވާ ހުށްޓެވެ. އަދި، އާޚިރަތު ގައި އޭނާ ވާހުށީ، ގެއްލެނިވެގެންވާ މީހުންގެ ތެރެއިންނެވެ. “
ބަޔާންވެ ދިޔަކަންކަމީ މުސްލިމުން އެކަމުގެ މައްޗަށް އިޖްމާޢު ވެފައިވާ ކަންކަމެވެ. އެބައިމީހުންގެ ، އެ އަޤީދާއެއްގެ މަތީގައި ޔަޤީންކަމާއި އެކު ޘާބިތުވެހުރި އަޤީދާއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް އީމާންވުމާއި ބެހޭގޮތުން ޞަރީޙަ އެތައްނައްސެއް ކީރިތި ޤުރުއާންގައި ވާރިދުވެގެންް އައިސްފައިވެއެވެ.
ﷲ ތަޢާލާގެ ވަޙީބަސްފުޅުގައި ވެއެވެ. “يَا أَيُّهَا النَّاسُ قَدْ جَاءَكُمُ الرَّسُولُ بِالْحَقِّ مِن رَّبِّكُمْ فَآمِنُوا خَيْرًا لَّكُمْ ۚ وَإِن تَكْفُرُوا فَإِنَّ لِلَّـهِ مَا فِي السَّمَاوَاتِ وَالْأَرْضِ ۚ وَكَانَ اللَّـهُ عَلِيمًا حَكِيمًا ﴿١٧٠﴾” سورة النساء މާނަ:” އޭ މީސްތަކުންނޭވެ! ހަމަކަށަވަރުން، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ޙަޟްރަތުން ހައްޤު ދީނާއިގެން ރަސޫލަކު ތިޔަބައިމީހުންގެ ގާތަށް ވަޑައިގެންފިއެވެ. ފަހެ، ތިޔަބައިމީހުން އީމާންވާށެވެ! އެގޮތް ތިޔަބައިމީހުންނަށް ހެޔޮކަން ބޮޑެވެ. އަދި، ތިޔަބައިމީހުން ކާފިރުވާނަމަ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އުޑުތަކާއި ބިމުގައިވާހައި ތަކެއްޗެއް މިލްކުވެގެންވަނީ ﷲ އަށެވެ. މޮޅަށް ދެނެވޮޑިގެންވާ ޙަކީމްވަންތަ ކަލާނގެ ކަމުގައި ﷲ ވޮޑިގެންވެއެވެ.”
ﷲ ތަޢާލާގެ ވަޙީބަސްފުޅުގައިވެއެވެ. “قُلْ يَا أَيُّهَا النَّاسُ إِنِّي رَسُولُ اللَّـهِ إِلَيْكُمْ جَمِيعًا الَّذِي لَهُ مُلْكُ السَّمَاوَاتِ وَالْأَرْضِ ۖ لَا إِلَـٰهَ إِلَّا هُوَ يُحْيِي وَيُمِيتُ ۖ فَآمِنُوا بِاللَّـهِ وَرَسُولِهِ النَّبِيِّ الْأُمِّيِّ الَّذِي يُؤْمِنُ بِاللَّـهِ وَكَلِمَاتِهِ وَاتَّبِعُوهُ لَعَلَّكُمْ تَهْتَدُونَ ﴿١٥٨﴾” سورة الأعراف މާނަ: “ކަލޭގެފާނު ވިދާޅުވާށެވެ! އޭ މީސްތަކުންނޭވެ! ހަމަކަށަވަރުން، ތިމަންކަލޭގެފާނީ، ތިޔަބައިމީހުން އެންމެންގެ ގާތަށް ﷲ ފޮނުއްވި ރަސޫލާއެވެ. އެކަލާނގެއީ، އުޑުތަކާއި ބިމުގެ ވެރިކަން އެކަލާނގެއަށް މިލްކުވެގެންވާ ރަސްކަލާނގެއެވެ. އެކަލާނގެ މެނުވީ އިލާހަކު ނުވެއެވެ. ދިރުއްވަނީވެސް އަދި މަރުގަންނަވަނީވެސް، އެކަލާނގެއެވެ. ފަހެ، ﷲ އަށާއި އުއްމިއްޔަ ނަބިއްޔާ ކަމުގައިވާ އެކަލާނގެ ރަސޫލާއަށް ތިޔަބައިމީހުން އީމާންވާށެވެ! އެކަލޭގެފާނީ ﷲ އަށާއި އެކަލާނގެ ބަސްފުޅުތަކަށް އީމާންވާ ނަބިއްޔާއެވެ. އަދި ތިޔަބައިމީހުން، އެކަލޭގެފާނަށް ތަބަޢުވާށެވެ! އެއީ ތިޔަބައިމީހުން ތެދުމަގު ލިބިގަތުމަށްޓަކައެވެ.”
ﷲ ތަޢާލާގެ ވަޙީބަސްފުޅުގައިވެއެވެ. ” يَا أَيُّهَا الَّذِينَ آمَنُوا آمِنُوا بِاللَّـهِ وَرَسُولِهِ وَالْكِتَابِ الَّذِي نَزَّلَ عَلَىٰ رَسُولِهِ… ﴿١٣٦﴾” މާނަ : ” އޭ އީމާންވެއްޖެ މީށްތަކުންނޭވެ! ތިޔަބައިމީހުން ﷲ އާއި ރަސޫލާއަށް އަދި ﷲ ގެ ރަސޫލާގެ މައްޗަށް ބާވައިލެއްވުނު ފޮތައް ތިޔަބައިމީހުން އީމާންވެ އެ އީމާނުގެ މަތީގައި ތިޔަބައިމީހުން ދެމިތިބޭށެވެ.”
އަދި ﷲ ތަޢާލާ، އެންމެހައި ނަބިއްޔުންގެ ކިބައިންވެސް ޢަހުދު ހިއްޕަވާފައިވަނީ ، މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް އީމާންވެ އެކަލޭގެފާނަށް ނަސްރުދިނުމުގެ މައްޗަށެވެ.
ﷲ ތަޢާލާގެ ވަޙީބަސްފުޅުގައިވެއެވެ. “وَإِذْ أَخَذَ اللَّـهُ مِيثَاقَ النَّبِيِّينَ لَمَا آتَيْتُكُم مِّن كِتَابٍ وَحِكْمَةٍ ثُمَّ جَاءَكُمْ رَسُولٌ مُّصَدِّقٌ لِّمَا مَعَكُمْ لَتُؤْمِنُنَّ بِهِ وَلَتَنصُرُنَّهُ ۚ قَالَ أَأَقْرَرْتُمْ وَأَخَذْتُمْ عَلَىٰ ذَٰلِكُمْ إِصْرِي ۖ قَالُوا أَقْرَرْنَا ۚ قَالَ فَاشْهَدُوا وَأَنَا مَعَكُم مِّنَ الشَّاهِدِينَ ﴿٨١﴾ فَمَن تَوَلَّىٰ بَعْدَ ذَٰلِكَ فَأُولَـٰئِكَ هُمُ الْفَاسِقُونَ ﴿٨٢﴾ ” سورة آل عمران މާނަ :”ނަބިއްޔުންގެ ކިބައިން، ﷲ ކަށަވަރުވެގެންވާ ޢަހުދު ހިއްޕެވިހިނދު (ކަންހިނގިގޮތް ހަނދުމަކުރާށެވެ! އެހިނދު ﷲ އެންގެވިއެވެ.) ތިމަންރަސްކަލާނގެ ތިޔަބޭކަލުންނަށް ފޮތާއި ޙިކުމަތް ދެއްވީމާ ދެން ތިޔަބޭކަލުންގެ ގާތުގައިވާ އެއްޗެއް ތެދުކުރައްވާ ރަސޫލަކު ތިޔަބޭކަލުންގެ ގާތަށް ވަޑައިގަތުމުން، ހަމަކަށަވަރުން، ތިޔަބޭކަލުން، އެބޭކަލަކަށް އީމާންވާ ހުށިކަމެވެ! އަދި، ހަމަކަށަވަރުން، އެބޭކަލަކަށް ތިޔަބޭކަލުން ނަޞްރުދޭހުށިކަމެވެ! އެކަލާނގެ ވަޙީކުރެއްވިއެވެ. ތިޔަބޭކަލުން އިޤްރާރުވެ ވެ، އެކަމުގެ މައްޗަށް ތިމަންރަސްކަލާނގެއަށް ކަށަވަރުވެގެންވާ ޢަހުދު ހިފައިފީމުހެއްޔެވެ؟ އެބޭކަލުން ދެންނެވިއެވެ. އަޅަމެން އިޤްރާރު ވެއްޖައީމުއެވެ. އެކަލާނގެ ވަޙީކުރެއްވިއެވެ. ފަހެ، ތިޔަބޭކަލުން (އެކަމަށް) ހެކިވާށެވެ! ހެކިވާމީހުންގެ ތެރެއިން ތިޔަބޭކަލުންނާ އެކުގައި ތިމަންރަސްކަލާނގެ ވޮޑިގެންވަމެވެ.(81) ދެން، އެއަށްފަހު (އެ ޢަހުދު އުވާލައި) ފުރަގަސްދީފި މީހާ، (ދަންނާށެވެ!) ފަހެ، އެއުރެންނަކީ ހަމަ ފާސިޤުންނެވެ.(82)”
-ނުނިމޭ-
އަސްލު : رسالة ” حقيقة شهادة أن محمدا رسول الله ” للشيخ عبدالعزيز بن عبدالله بن محمد