ސިޔަރަތު ފިލާވަޅު 5
ނޫރު ފަރުބަދައިގެ ޙިރާ ނަމަކަށް ކިޔޭ ހޮހަޅައިގައި ޚަލްވަތުގައި އިންނެވުން: ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ މައްޗަށް ވަޙީބާވައިލެއްވުމުގެ ކުރިން، ގިނިކަންޏާ ޙާލުކޮޅުގައި، މައްކާގައިވާ ފަރުބަދައެއް ކަމުގައިވާ ނޫރު ފަރުބަދައިގެ ޙިރާ ހޮހޮޅައިގައި ﷲ ތަޢާލާ ހަނދުމަކުރުންމަތީ އިންނަވައެވެ. (ނޯޓު: މިގޮތަށް އިންނަ އިނުމަށް ކިޔަނީ ޚަލްވަތުގައި އިނުމެވެ.) މިގޮތަށް އިންނެވުމަށް ﷲ ތަޢާލާ އެކަލޭގެފާނުގެ ހިތްޕުޅުގައި ލޯބިޖެއްސެވިއެވެ. އެހެނަސް އެއްވެސް ފަރާތަކުން މިކަމަށް އެކަލޭގެފާނަށް އަމުރު ނުކުރެއެވެ. މިގޮތުން ދުވަސްތަކާއި ރޭތަކުގައި މި ހޮހޮޅައިގައި އެކަލޭގެފާނު…