ތަވްޙީދު ފިލާވަޅު 5 (ކިތާބުއް ތަވްޙީދުގެ ޝަރަޙަ)

ﷲތަޢާލާ އިންސީންނާއި ޖިންނީން ޚަލްޤުކުރެއްވުމުގެ ޙިކްމަތަކީ އަޅުކަންކުރުމުގައި ﷲތަޢާލާ އެއްކައުވަންތަކޮށް، އެއިލާހު ފިޔަވައި ޙައްޤުޤޮތުގައި އަޅުކަންވެވޭ އެހެން އެއްވެސް އިލާހަކު ނުވާކަމަށް އިޢުތިޤާދުކޮށް، ބާޠިލު އިލާހުންތަކަށް ކާފަރުވުންކަން މިއާޔަތުން ދޭހަކޮށްދެއެވެ.
ނަބަވީ އިރުޝާދުތަކުގެ ތެރެއިން 1

މާތް الله ރުއްސުންލެއްވި އިބްނު ޢުމަރު ވިދާޅުވިއެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރެއްވިއެވެ. މާތް الله އަހަރުމެންގެ މައްޗަށް ދެބާވަތެއްގެ މުޅަތަކެއްޗާއި ދެބާވަތެއްގެ ލޭ ޙަލާލުކުރެއްވިއެވެ.
ސިޙުރާއި އޭގެފަރުވާ (1)

ސިޙުރަކީ ކޮބާ؟ ޢަރަބިބަހުގައި ‘ސިޙުރު’ މިލަފުޒަކީ ސަބަބު ފޮރުވިފައިވާ، އަދި ވަންހަނާވެގެންވާ ކަންކަމަށް ބޭނުންކުރާ ޢިބާރާތެކެވެ. އަދި ސިޙުރުގެ އަޞްލަކީ އެއްޗެއްގެ ޙަޤީޤަތުން އެހެންގޮތަކަށް ބަދަލުކޮށްލުމެވެ. އަދި ޙައްޤުކަމަށް ބާޠިލުނެރެ ދެއްކުމެވެ.[1] އިބްނު ޤުދާމާ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. “ސިޙުރަކީ ގޮށްތަކަކާއި، ކިޔެވެލިތަކަކާއި، ވާހަކަދައްކާ ބަސްތަކެއް ނުވަތަ ލިޔާ ބަސްތަކެކެވެ. ނުވަތަ ސިޙުރުހެދޭމީހާގެ ގައިގައި ބީހުމެއްނެތި އޭނާގެ ހަށިގަނޑަށް، ނުވަތަ ހިތަށް، ނުވަތަ ވިސްނުމަށް އަސަރުކުރުވާގޮތަށް ކުރެވޭ ކަންކަމެވެ. ސިޙުރުގައި ޙަޤީޤަތެއްވެއެވެ. އޭގެ ތެރޭގައި މީހާ ބަލިކޮށްލާތަކެތިވެއެވެ. އަދި […]