ޞަޙާބީންނާއިގުޅޭގޮތުން ރިވާވެފައިވާ ސަލަފުންގެ ބަސްފުޅުތަކުގެ ތެރެއިން: 1- އިމާމް އައްޠަޙާވީ ރަޙިމަހުﷲ ގެ ބަސްފުޅު: އައްޠަޙާވީ ރަޙިމަހުﷲ “ޢަޤީދަތު އަހުލުއް ސުންނާ” ގައި ވިދާޅުވެފައިވެއެވެ. “ތިމަންމެން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޞަޙާބީންދެކެ ލޯބިވަމެވެ. އެ ބޭކަލުންގެ ތެރެއިން އެއްވެސް ބޭކަލަކު ދެކެ ލޯބިވުމުގައި ޙައްދުފަހަނަ އަޅައިނުދަމެވެ. ހަމައެހެންމެ އޭގެ ތެރެއިން އެއްވެސް ބޭކަލެއްގެ ކިބައިން ބަރީއަވެގެންނުވަމެވެ. އެ ބޭކަލުންދެކެ ރުޅިއަންނަ ނުވަތަ އެ ބޭކަލުންނާ މެދު ބަދުބަސް ބުނާ ކޮންމެ މީހަކު ދެކެ ތިމަންމެން…