އިސްލާމްދީނުގެ ސަބަބުން އަޅުގަނޑުމެންގެ ތެރޭގައި އަމާންކަމާއި ސުލްހަވެރިކަން ޤާއިމުވެފައިވެއެވެ. އެއްބަޔަކު އަނެއްބަޔަކަށް އިޙްތިރާމް ކުރާބައެއްކަމުގައި އަޅުގަނޑުމެންވީމުއެވެ. ބައިންބަފައިންނަށް އިޙްތިރާމްކޮށް އަޅާލާ ބައެއްކަމުގައި އަޅުގަނޑުމެން ވީމުއެވެ. ދަރީން ރަނގަޅު ގޮތުގައި ތަރުބިއްޔަތުކުރުމަށް އަހަންމިއްޔަތުކަންދޭ ބައެއްކަމުގައި ވީމުއެވެ. އަވައްޓެރިންނަށް ކަމޭހިތައި ، ހާލުބަލައި އެހީތެރުވެދޭ ބައެއްކަމުގައި ވީމުއެވެ. މިނޫންނަސް މިފަދަ އެންމެހައި ރަނގަޅު އާދަތަކެއް އަޅުގަނޑުމެންގެ ތެރޭގައި އަށަގެންފައި ވެއެވެ. މި ހުރިހައި ރިވެތި އާދަތަކެއް އަޅުގަނޑުމެންގެ ތެރޭގައި އަށަގެންފައިވީ އެންމެ ސަބަބަކަށްޓަކައެވެ. އެއީ އަޅުގަނޑުމެންގެ ތެރޭގައި އީމާންކަމުގެ ގުޅުން…