މުސްލިމެއްގެ ފިކުރުން ވިސްނަވާށެވެ.
ޒަމާނުއްސުރެ ދިވެހިރާއްޖެ އަކީ އިސްލާމީ މުޖުތަމައެއް އޮންނަ އިސްލާމީ ޘަޤާފަތެއްގެ އަހުލުވެރި އިސްލާމް ދީންދެކެ ލޯބިވާ އަދި އެދީނަށްޓަކައި ފިދާވާން ކެރި ފައިކުރި އޮޅައިލައިގެން ތިބި ބައެކީމުއެވެ. ސަބަބެއްކަމުގައި އަޅުގަނޑު ދެކެނީ، ޙައްޤު އެނގި ބަޔާންވުމުން ޙައްޤަށް ރުޖޫޢަވެ ޙައްޤު ދަމަހައްޓަން މަސައްކަތްތަކެއް ކުރެވިފައިވުމުވެ. ދާދި މިދާކަށް ދުވަހާ ޖެހެންދެންވެސް އިސްލާމްދީނަށް ބަދު ބަސް ބުނާ މީހުން މި މުޖުތަމަޢަކުން ފެނިފައެއްނުވެއެވެ. އިސްލާމީ ޘަޤާފަތާއި ނުގުޅޭ އެއްވެސް އެއްޗެއް މި ލޮބުވެތި ޤައުމަށް އެތެރެ ކުރެވިފައެއް ނުވައެވެ.…