ހުޅަނގު ލަންޑަނުގައި ހުރި ޖަލެއްގައި އިސްލާމްވާ ޒުވާނުން އިތުރުވަނީ

ހުޅަނގުލަންޑަނުގައި ހުރި އެންމެ ގިނަ ގޭންގުކުށްތަކުގައި ފާހަގަކޮށްލެވޭ ޒުވާނުން ލާފައިވާ ޖަލެއްގައި ޒުވާނުން އިސްލާމްވާ އަދަދު ވަރަށް ގިނަވެއްޖެއެވެ. އެއީ ފެލްޓުހަމްޖަލެވެ. (ނުވަތަ ފެލްތަމް ޖަލެވެ.) 686 ޒުވާނުންގެ ތެރެއިން މިހާރު މުސްލިމުންގެ އަދަދަކީ 229 ޒުވާނުންނެވެ. މިއީ އަލަށް ޖަލުގައި އިސްލާމްވެފައިވާ ކުދިން ލައިގެންނެވެ. ހުކުރު ދުވަހު ވަރަށް ގިނަޒުވާނުން އެއްކޮށް ހުކުރު ނަމާދުކުރެއެވެ. އެތަނުގެ މިސްކިތް ފުރިގެން އެތަނުގެ ޖިމްގައިވެސް ބައެއްކުދިން ހުކުރުކުރެއެވެ. އަދި އިނގިރޭސި ވިލާތުގެ ބައެއްނޫސްތަކުން ތުހުމަތުކުރާ ގޮތުގައި ގިނަ ޒުވާނުން […]
ކުޑަކުދިންގެ ވާހަކަ: 3: ﷲ ދެކެ ލޯބިވާ އަޙުމަދު

ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ. (وَالَّذِينَ آمَنُوا أَشَدُّ حُبًّا لِّلهِ) سورة البقرة 165 މާނައީ:” އަދި އިމާންވި މީހުން ﷲ ދެކެ ލޯބިވުން މާބޮޑެވެ.” (އަހުމަދު އޭނާގެ ހެދުންތައް ހަޑިވެފައިވާ ހާލުގައި އައިސް ގެއަށްވަނެވެ. އޭނާ ވަނީ ފުޓްބޯޅަ ކުޅެން އުޅުމުގެ ތެރޭގައި ބިންމައްޗަށް ވެއްޓިފައެވެ. އަޙުމަދު ކޮޓަރިއަށް ވަންނަން ދަނިކޮށް މަންމައަށް ފެނިއްޖެއެވެ. އެހެންވެ އަވަސް އަވަހަށް ކާފަގެ ކޮޓަރިއަށް ވަދެއްޖެއެވެ. އެވަގުތު ކާފަ މިއާޔަތް ކިޔަވާ ވިދާޅުވާ އަޑު އިވުނެވެ. ( وَالَّذِينَ […]