[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޢާއިލާއަށް އުނގަންނައިދިނުން

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين. މުޖުތަމަޢުތައް އެކުލެވެނީ ޢާއިލާތަކެއްގެ މައްޗަށްކަމަށްވާއިރު ޢާއިލާތައް ހެޔޮގޮތުގައި ތަރުބިއްޔަތުކުރުމީ މުޖުތަމަޢުގެ ހަމަޖެހުމެވެ. ގިނަފަހަރަށް އެކަމާމެދު ފަރުވާކުޑަކުރެވެނީ އެކަމުގެ އަހައްމިއްޔަތު އޮޅުންފިލާފައި ނުވާތީއެވެ. ދެންފަހެ އެކަމަށް އިސްލާމްދީނުގައި ބާރު އެޅިފައިވާ މިންވަރު ދެނެގަތުމަށް ވަޤުތުކޮޅެއް ހޭދަކޮށްލަމާ ހިނގާށެވެ. ”[ޢާއިލާއަށް އުނގަންނައިދިނުން]، މިއީ ގޭގެ އެންމެ އިސް ފަރާތުގެ މަސްޢޫލިއްޔަތެކެވެ. އަންނަނިވި އާޔަތުގައި މިކަމަށް ވަނީ އަމުރު ކުރެވިފައެވެ. ﴿ يَا أَيُّهَا الَّذِينَ […]

މުޝްރިކުންނާއި އެއްގޮތްވުން ނަހީވެގެންވުން

ފަހެ އެއްވެސް މުސްލިމަކަށް މުޝްރިކުންނާއި އެއްގޮތްވުން ހުއްދަވެގެންނުވެއެވެ. މިގޮތުން ޢަމަލުތަކާއި ބަސްތަކުގައިވެސް އެއްގޮތްވުން ހުއްދަވެގެންނުވެއެވެ. އަދި އެއްގޮތްވުމުގެ ތެރޭގައި ހިމެނޭ އެއްވެސްގޮތަކަށް އެއްގޮތްވުން ހުއްދަވެގެންނުވެއެވެ.

ހިނީގެ ފިޔަވަޅުތަކަށްވުރެ ބޮޑަށް ވަންހަނާވެގެންވާ ޝިރުކު – ދަލާއިލުއްތައުޙީދި 28

44- ޝިރުކަކީ ކޮބާ؟ އަދި ޝިރުކުރުގެ ވައްތަރުތަކަކީ ކޮބާ؟ ޖަވާބު: ދަންނާށެވެ! ހަމަކަށަވަރުން ތައުޙީދަކީ ޝިރުކުގެ އިދިކޮޅެވެ. ޝިރުކުގެ ތިން ބާވަތްވެއެވެ. އެއީ ބޮޑުޝިރުކާއި ކުޑަޝިރުކާއި ވަންހަނާވެގެންވާ ޝިރުކެވެ.  1- ބޮޑު ޝިރުކު: މިވައްތަރުގެ ޝިކުރުގެ ހަތަރުބާވަތް ވެއެވެ. ހ- ދުޢާކުރުމުގައި ޝިރުކު ކުރުން: ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ. “فَإِذَا رَكِبُوا فِي الْفُلْكِ دَعَوُا اللَّهَ مُخْلِصِينَ لَهُ الدِّينَ فَلَمَّا نَجَّاهُمْ إِلَى الْبَرِّ إِذَا هُمْ يُشْرِكُونَ” العنكبوت: ٦٥  މާނަ: […]

ޢީދުމީލާދުގެ ޙަޤީޤަތް 4

ބައެއް މީހުން ބުނާ ގޮތުން ޢީދުމީލާދު ފާހަނގަކޮށް މައުލޫދު ކިޔައި ހެދުމަކީ، ޢިލްމުވެރިއަކު ﷲ އާއި ގުޅުން ބަދަހިކޮށް އެކަލާނގެއާއި ކުއްތަންވުމުގެ ނިޔަތުގައި އުފެއްދި ކަމެކެވެ. އެހެން ކަމުން އެކަން ކުރުމުގައި އެއްވެސް މައްސަލައެއް ނެތެވެ. މިއީ މިކަން ކުރަން ބޭނުންވާ ބައެއް މީހުންގެ ބަހެކެވެ. ނަމަވެސް މިއީ އެއްވެސް ތާކުންތާކު ޖެހޭ ބުނުމެއް ނޫނެވެ. އެހެނީ ކިތަންމެ ޞާލިޙް މީހަކު ކުރިކަމެއްކަމުގައިވިޔަސް އެއީ ބިދުޢައެއް ކަމުގައި ވަނީނަމަ އެކަން ގަބޫލުވެވިގެންނުވެއެވެ. އެއީ އެކަމުގައި ކިތަންމެ އިޚްލާޞްތެރިވީނަމަވެސް […]